އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނީ އިންތިހާބު ބާއްވަން ގާއިމްކުރާ 347 ވޯޓުލާ މަރުކަޒަށް ބޭނުންވާ ތަކެތި އަތޮޅުތަކަށް ފޮނުވުމުގެ މަސައްކަތް މިއަދުން ފެށިގެން ކަނޑުމަގުންނާއި ވައިގެ މަގުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބަށް ބޭނުންވާ ވޯޓު ފޮށިތައް ރަށްރަށަށް ފޮނުވަން ފަށައިފި އެވެ.
އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނީ އިންތިހާބު ބާއްވަން ގާއިމްކުރާ 347 ވޯޓުލާ މަރުކަޒަށް ބޭނުންވާ ތަކެތި އަތޮޅުތަކަށް ފޮނުވުމުގެ މަސައްކަތް މިއަދުން ފެށިގެން ކަނޑުމަގުންނާއި ވައިގެ މަގުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ވައިގެ މަގުން ވޯޓު ފޮށިތައް މިއަދު ފޮނުވަން ހަމަޖެހިފައި ވަނީ ހއ، ރ، ތ، ލ، ގއ، ގދ އަތޮޅުގެ އިތުރުން އައްޑޫ ސިޓީ، ފުވައްމުލައް ސިޓީއަށެވެ.
އަދި ކަނޑުމަގުން ތަކެތި ފޮނުވާނީ ހދ، ށ، ނ، ބ، ޅ، އއ، އދ، ވ، މ، ފ އަދި ދ އަތޮޅަށެވެ. އީސީން ބުނީ މާލެ އަތޮޅުގެ ރަށްތަކަށް ތަކެތި ފޮނުވާނީ މިމަހުގެ 30 އަދި 31 ވަނަ ދުވަހު ކަމަށެވެ.
އިންތިހާބާއެކު ރައްޔިތުންގެ ހިޔާލު ހޯދުމަށް ނަގާ އާންމު ވޯޓުވެސް ނަގާނެ އެވެ. އެއީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީސް އިންތިހާބު އެއްކޮށްލަން ފެނޭތޯ ނަގާ ވޯޓެކެވެ.