އަލައިކާގެ ހުޅުމާލެ ކެމްޕެއިން ޖަގަހަ ހުޅުވުން އޮތީ ރޭ ހުޅުމާލޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ މި ޖަގަހަ ހުޅުއްވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އެވެ.

ކޮންގްރެސް ޕާޓީގެ ފަރާތުން މާލޭ ސިޓީގެ އަންހެނުންގެ ތަރައްޤީ އަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްކަމަށް ވާދަކުރައްވާ އާޝިޔަތު އަލައިކާ އަދުނާންގެ ހުޅުމާލެ ކެމްޕޭން އޮފީސް ހުޅުވައިފި އެވެ.
އަލައިކާގެ ހުޅުމާލެ ކެމްޕެއިން ޖަގަހަ ހުޅުވުން އޮތީ ރޭ ހުޅުމާލޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ މި ޖަގަހަ ހުޅުއްވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އެވެ.
ކޮންގްރެސްގެ ކެމްޕެއިންގައި ފަސްޓްލޭޑީ ސާޖިދާ ވަނީ އިސް ދައުރެއް އަދާކުރައްވަން ފައްޓަވާފަ އެވެ. އެގޮތުން ކެންޑިޑޭޓުންގެ ކެމްޕެއިން ޖަގަހަ ތަކާއި އޮފީސްތައް ހުޅުއްވައިދެއްވާ ކެމްޕެއިން ހަރަކާތްތަކުގައި އެކަމާ ބައިވެރިވަޑައިގަންނަވަ އެވެ. އަދި ސިޓީތަކަަށް ދަތުރުފުޅު ކުރައްވާ ކެންޑިޑޭޓުންނަށް ތާއީދު އިތުރު ކުރެއްވުމަށް ވެސް ގިނަ މަސައްކަތްތަކެއް ކުރައްވަ އެވެ.
އަންނަ މަހުގެ ހަތަރު ވަނަ ދުވަހު އޮންނަ ދެ އިންތިހާބަށް ކެމްޕޭން ފޯރީގައި ކުރަމުންދާއިރު، މި އިންތިހާބަށް އެންމެ ގިނަ ކެނޑިނޭޓުން ނެރޭ ޕާޓީއަކީ ޕީއެންސީ އެވެ.