ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް ވިލިމާލޭގައި ވެސް ލިބޭނެ

މިގޮތުން، ވިލިމާލޭގައި އެ ހިދުމަތް ދިނުމަށް ފަސް ކާރު ހާއްސަކުރެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މާލެ ސަރަހައްދުގައި ސަރުކާރުން ފަށަން ތައްޔާރުވަމުންދާ ޓެކްސީ ލައިންގެ ހިދުމަތް ވިލިމާލޭގައި ވެސް ލިބޭނެކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.

ޓެކްސީ ލައިނަށް ބޭނުންވާ ކާރުތަކުގެ ފުރަތަމަ ޝިޕްމަންޓުގައި ހިމެނޭ 60 ކާރު ރާއްޖެއަށް ގެނެސްފައިވާއިރު، ދެވަނަ ޝިޕްމަންޓުގައި ހިމެނޭ 90 ކާރު މާދަމާ ރާއްޖެއަށް ގެނެވޭނެކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އެ ކާރުތައް ގެނައުމާ އެކު، އަންނަ މަހުގެ 2 ވަނަ ދުވަހު ޓެކްސީ ލައިންގެ ހިދުމަތް ފެށުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ވިލިމާލޭގައި އިމާރާތް ކުރާ 300 ހައުސިން ޔުނިޓުގެ މަޝްރޫއުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި މުއްތަލިބު ވިދާޅުވީ، ސަރުކާރުން ތައާރަފްކުރާ ޓެކްސީ ލައިންގެ ހިދުމަތް ވިލިމާލޭގެ ރައްޔިތުންނަށްވެސް ލިބޭނެ ކަމަށެވެ.

މިގޮތުން، ވިލިމާލޭގައި އެ ހިދުމަތް ދިނުމަށް ފަސް ކާރު ހާއްސަކުރެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ވިލިމާލޭގައި އިންޖީނު އެޅި އުޅަނދު ދުއްވުން މަނާކޮށްފައިވާއިރު، މުއްތަލިބު ވިދާޅުވި ގޮތުގައި، ޓެކްސީ ލައިންގައި ބޭނުންކުރަނީ އީވީ ކާރުތައް ކަމަށްވުމާއެކު، އެކަމަށް ވެސް ދައްޗެއް ނެތެވެ. 

އެމްޓީސީސީއާ ހަވާލުކޮށްގެން ޓެކްސީގެ ހިދުމަތް ފަށަނީ ތިމާވެއްޓާ ރަހުމަތްތެރި އިލެކްޓްރިކް ވެހިކަލްސް ބޭނުންކޮށްގެންނެވެ.

އަދި މި ހިދުމަތަކީ 24 ގަޑިއިރު ދޭނެ ހިދުމަތަކަށްވާނެ ކަމަށް އެމްޓީސީސީ އިން ބުނެފައިވެ އެވެ.

ސަރުކާރުގެ ޓެކްސީ ލައިނަށް ނަމްބަރެއް އިއްޔެ ތައާރަފުކޮށްފައިވެ އެވެ. އެއީ 1655 އެވެ.

އެމްޓީސީސީން ވަނީ މި ޓެކްސީ ލައިނަށް ބޭނުންވާ ޑްރައިވަރުން ނަގައި ތަމްރީން ވެސް ކޮށްފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.