އީރާންގެ ސްކޫލަކަށް ހަމަލާދީ 168 ކުދިން މަރުވި މައްސަލަ ސަރުކާރުން ކުށްވެރިކޮށްފި

"އަދި ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ ގާނޫނުތަކާއި ހިލާފަށް ހިންގާ މިފަދަ އަމަލުތަކަށް ފިޔަވަޅު ނޭޅި ދިއުމުގެ ސަގާފަތް މިހާރުން މިހާރަށް ނިމުމަކަށް ގެންނަންޖެހޭ ކަމަށްވެސް ރާއްޖެއިން ބާރުއަޅާ ކަމަށް ބުނެފައިވޭ،" މިނިސްޓްރީގެ ބަޔާނުގަ

އީރާންގެ ސްކޫލަށް ދިން ހަމަލާ --

މީގެ މަސްދުވަސް ކުރިން އެމެރިކާ އާއި އިޒުރޭލުން އީރާނުގެ މީނާބްގައި ހުންނަ ޝަޖަރޭ ތައްޔިބާ ގާލްސް ސްކޫލަށް ދިން ހަމަލާގައި 168 ކުދިން މަރުވި މައްސަލަ މިއަދު ދިވެހި ސަރުކާރުން ކުށްވެރިކޮށްފި އެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، މިއީ ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާބެހޭ ގާނޫނުތަކާއި އިންސާނިއްޔަތާ ބެހޭ ބައިނަލްއަގުވާމީ ގާނޫނުތަކާ ކަނޑައެޅިގެން ހިލާފު އަމަލެއް ކަމަށް ސަރުކާރުން ދެކޭ ކަމަށެވެ.

ސަރުކާރުން އެކަން ކުށްވެރިކުރީ ސްވިޓްޒަލަންޑްގެ ޖެނީވާގައި މިއަދު ބޭއްވި އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގައި ކުރިއަށް ގެންދިޔަ ކުއްލި ބަހުސްގައި، ޖެނީވާގައި ހުންނަ އދ. ގެ އޮފީސްތަކަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދެވެ. އޭނާ ވަނީ އިޒުރޭލާއި އެމެރިކާއާ ގުޅިގެން އީރާނަށް ދިން އަސްކަރީ ހަމަލާތަކާ ގުޅިގެން މެދުއިރުމަތީގެ މަސްރަހު އިތުރަށް ގޯސްވަމުންދާތީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

ފޮރިންގެ ބަޔާނުގައި ބުނީ ގަލްފްގެ ގައުމުތަކާއި ޖޯޑަން، ފަލަސްތީން އަދި ލެބަނަން މިހާރު އޮތް ނުރައްކާތެރި ހާލަތަށް ވައްޓާލުމުގެ ފަހަތުގައި އޮތީ، ބައިނަލްއަގުވާމީ ގާނޫނުތަކާއި ތަކުރާރުކޮށް ހިލާފުވަމުންދާ އަދި ޓެރަރިޒަމްގެ އަމަލުތަކަށް ހިތްވަރުދޭ އިޒްރޭލު ކަމަށް އެކަމަނާގެ ތަގުރީރުގައި ފާހަގަކުރައްވާފައިވާ ކަމަށެވެ. 

"އަދި ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ ގާނޫނުތަކާއި ހިލާފަށް ހިންގާ މިފަދަ އަމަލުތަކަށް ފިޔަވަޅު ނޭޅި ދިއުމުގެ ސަގާފަތް މިހާރުން މިހާރަށް ނިމުމަކަށް ގެންނަންޖެހޭ ކަމަށްވެސް ރާއްޖެއިން ބާރުއަޅާ ކަމަށް ބުނެފައިވޭ،" މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

މީގެ އިތުރުން، އެ ހާލަތު އިތުރަށް ގޯސްވިޔަ ނުދިނުމަށް މަސައްކަތް ކުރުމަށާއި، އާންމު ރައްޔިތުން ހިމާޔަތްކޮށް، އެ އަމަލުތައް ހިންގާ ފަރާތްތައް ޒިންމާދާރުކުރުވުމަށް ކުރާ މަސައްކަތްތައް ވަރުގަދަކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ރާއްޖޭން ގޮވާލާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.