ބިދެސީއަކު ރަހީނުކޮށް އަނިޔާކުރި ބިދޭސީންތަކެއް ހައްޔަރު ކޮށްފި

ފުލުހުން މިއަދު ބުނީ މި މައްސަލަ ހުށަހެޅުމާއެކު، ރަހީނުކުރި މީހާ ސަލާމަތްކުރުމަށް ފުލުހުން އެ މީހާ ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް މީހާ ލޮކޭޓްކުރެވިފައި ވަނީ ވިލިމާލެއިން ކަމަށެވެ.

ބިދޭސީއަކު ރަހީނުކުރި މައްސަލައިގައި ހައްޔަރު ކުރި މީހުން --

ހުޅުމާލޭގައި އިމާރާތް ކުރަމުންދާ ތަނެއްގެ ތެރޭގައި ބަންގްލަދޭޝް މީހަކަށް އަނިޔާކޮށް ރަހީނުކޮށްފައިވާ މައްސަލައަކާ ގުޅިގެން ބިދޭސީންތަކެއް ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ މި މައްސަލަ ހުށަހެޅުމާއެކު، ރަހީނުކުރި މީހާ ސަލާމަތްކުރުމަށް ފުލުހުން އެ މީހާ ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް މީހާ ލޮކޭޓްކުރެވިފައި ވަނީ ވިލިމާލެއިން ކަމަށެވެ. 

އެ މީހާ ސަލާމަތްކޮށް، ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރަށް ދެއްކުމަށްފަހު މިހާރު ވަނޫ ދޫކޮށްލާފަ އެވެ.

މި މައްސަލައާ ގުޅިގެން، ބަންގްލަދޭޝްއަށް ނިސްބަތްވާ ފަސް މީހުން ވަނީ ހައްޔަރުކޮށްފަ އެވެ. އެއީ، އެމްޑީ ހޮސައިން 30، އާއި އެމްޑީ މެހެދި ހަސަން 34، އާއި އެމްޑީ ޝާ އަލަމް 39، ގެ އިތުރުން ސަފިފް ހަސަން 38، އަދި ރަސަލް 20، އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ފަސް މީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.