ހުޅުމާލެ ފޭސް 3 އިން ގޯތި ލިބުނު މީހުންނަށް ބިން ހަވާލުކުރަން ފަށައިފި

ސްޓޭޖް 2 ގެ ދަށުން، ހުޅުމާލެ ފޭސް 3 އިން ދޫކޮށްފައިވާ 699 ޕްލޮޓް ހަވާލުކުރުމުގެ މަސައްކަތް އިއްޔެ ވަނީ ފަށާފަ އެވެ. އެގޮތުން، އިއްޔެ ހަވީރު އެ ސަރަހއްދުން ޕްލޮޓް ލިބިފައިވާ 11 ފަރާތަކަށް ވަނީ ބިން ހަވާލުކޮށްފަ އެވެ.

ހުޅުމާލެ ފޭސް 3 އިން ބިން ލިބުނު ބަޔަކާ ބިން ހަވާލުކުރަނީ -- ފޮޓޯ: އެޗްޑީސީ

ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ ފޭސް 3 އިން ގޯތި ލިބިފައިވާ ފަރާތްތަކަށް ބިން ހަވާލުކުރުމުގެ މަސައްކަތް އިއްޔެ ފަށައިފި އެވެ.

ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު އައިސްފައިވާތީ، އާ ލޭންޑް ޔޫސް ޕްލޭނަށް ރިއާޔަތްކޮށް ހުޅުމާލެ ތިންވަނަ ފިޔަވަހިން ގޯތި ލިބިފައިވާ ފަރާތްތަކުގެ ގޯތީގެ ސަރަހައްދަށް ބަދަލު އައިސްފައިވުމުން، އާ ލޮޓް ނަންބަރު ކަނޑައަޅައި، އަލުން ވަނީ ގުރުއަތު ލައިފަ އެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެއިން ދޫކޮށްފައިވާ ޖުމްލަ 1408 ޕްލޮޓުގެ ތެރެއިން، ސްޓޭޖް އެކެއްގެ ދަށުން ހުޅުމާލޭ ފޭސް 2ގެ 709 ޕްލޮޓް މީގެ ކުރިން ވަނީ ހަވާލުކޮށްފަ އެވެ.

އަދި ސްޓޭޖް 2 ގެ ދަށުން، ހުޅުމާލެ ފޭސް 3 އިން ދޫކޮށްފައިވާ 699 ޕްލޮޓް ހަވާލުކުރުމުގެ މަސައްކަތް އިއްޔެ ވަނީ ފަށާފަ އެވެ. އެގޮތުން، އިއްޔެ ހަވީރު އެ ސަރަހއްދުން ޕްލޮޓް ލިބިފައިވާ 11 ފަރާތަކަށް ވަނީ ބިން ހަވާލުކޮށްފަ އެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ އަމާޒަކީ ކޮންމެ ދުވަހަކު ޕްލޮޓްތައް ހަވާލުކުރަމުން ގޮސް، ދެވަނަ ސްޓޭޖްގެ ދަށުން ހުރިހާ ބިމެއް ވީހާވެސް އަވަހަކަށް ހަވާލުކޮށް ނިންމާލުން ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.