ހަ އަހަރުގެ ކުއްޖާ މަރުވި މައްސަލަ ކަމާބެހޭ އިދާރާތަކުން ބަލަން ފަށައިފި

ސްޕެސްޓިކް ކްވޮޑްރުޕްލީޖިކް ސެރަބަލް ޕަލްސީއަށް ފަރުވާ ހޯދަމުން ދިޔަ އެ ކުޑަ ފިރިހެން ކުއްޖާ މަރުވީ ކާން ދިނުމަށް ބޭނުންކުރާ ޕީއީޖީ ޓިއުބު ބަދަލު ކުރަން ޖެހި، އެ ޓިއުބް ނުލިބި ލަސްވެގެންނެވެ.

ކުއްޖާއަށް ކާން ދިނުމަށް ބޭނުންކުރާ ކާން ދިނުމަށް ބޭނުންކުރާ ޕީއީޖީ ޓިއުބު --

އުމުރުން ހަ އަހަރުގެ ކުއްޖަކަށް ބޭނުންވާ ފީޑިން ޓިއުބެއް ނުލިބިގެން މަރުވި މައްސަލަ ހެލްތު މިނިސްޓްރީންނާއި ކަމާބެހޭ އިދާރާތަކުން ބަލަން ފަށައިފި އެވެ.

ސްޕެސްޓިކް ކްވޮޑްރުޕްލީޖިކް ސެރަބަލް ޕަލްސީއަށް ފަރުވާ ހޯދަމުން ދިޔަ އެ ކުޑަ ފިރިހެން ކުއްޖާ މަރުވީ ކާން ދިނުމަށް ބޭނުންކުރާ ޕީއީޖީ ޓިއުބު ބަދަލު ކުރަން ޖެހި، އެ ޓިއުބް ނުލިބި ލަސްވެގެންނެވެ. 

އެ ހޮޅިކޮޅު އެސްޓީއޯ މެދުވެރިކޮށް ގެންނަން އާސަންދައިގައި އެދިގެން އަށް މަސްވިއިރު ވެސް ނުލިބުނު އެކުއްޖާގެ އާއިލާއިން ބުނެފައިވެ އެވެ.

އެއަށްފަހު، އައިޖީއެމްއެޗް މެދުވެރިކޮށް އެ ހޮޅިކޮޅު މިދިޔަ އާދީއްތަ ދުވަހު ލިބުނު ނަމަވެސް، އޭރު އެކުއްޖާ އޮތީ ހޮޅި ގުޅޭ ވަރަށްވުރެ ހާލު ދެރަވެފަ އެވެ. އެ ކުއްޖާ ނިޔާވީ އިއްޔެ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ. 

އެކުއްޖާގެ މަރާ ގުޅިގެން އެންސްޕާ އާއި އެސްޓީއޯއިން ޖަވާބުދާރީވާން ޖެހޭނެ ކަމަށާއި އެކަމުގެ ޒިންމާ ނަގަން ޖެހޭނެ ކަމަށް ގިނަ ބަޔަކު ބުނަމުން ދަނިކޮށް، ހެލްތު މިނިސްޓްރީން މިއަދު ވަނީ އެ މައްސަލަ ބަލަމުންދާ ކަމަށް ބުނެފަ އެވެ.

އަދި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ވެސް އެ މައްސަލަ ބަލަމުންދާ ކަމަށް ބުނެފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.