ހޯމްލޭންޑް މިނިސްޓްރީން ބުނީ މިއަދު ވަގުތު ހަމަވިއިރު ތިން ބޭފުޅަކު ކުރިމަތިލައްވާފައިވާ ކަމަށެވެ.

ޕޮލިސް ކޮމިޝަނަރުގެ މަގާމު ހުސްވީ، އެ މަގާމުގައި ހުންނެވި އިސްމާއިލް ނަވީން މިދިޔަ މަހުގެ 19 ވަނަ ދުވަހު ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރެއްވުމުންނެވެ.
އެމަގާމަށް ކުރިމަތިލާން އެންމެ ފުރަތަމަ ހުޅުވައިލި މުއްދަތުގައި އެއްވެސް ބޭފުޅަކު ކުރިމަތި ލައްވާފައެއް ނުވެ އެވެ. އެހެންވެ، އެ އިއުލާނު މިއަދަށް ވަނީ ދަންމާލާފަ އެވެ.
ހޯމްލޭންޑް މިނިސްޓްރީން ބުނީ މިއަދު ވަގުތު ހަމަވިއިރު ތިން ބޭފުޅަކު ކުރިމަތިލައްވާފައިވާ ކަމަށެވެ. އެއީ؛
ނަވީސް ރިޓަޔާ ކުރެއްވުމުން މިހާރު ފުލުހުންގެ ހިދުމަތާ ހަވާލުވެ ހުންނެވީ ފަރުހާދެވެ.
ދެން އައްޔަނު ކުރާ ޕޮލިސް ކޮމިޝަނަރު ވެގެންދާނީ މި ސަރުކާރުގެ ތިން ވަނަ ކޮމިޝަނަރަށެވެ. ނަވީންގެ ކުރިން އެމަގާމުގައި ހުންނެވީ އަލީ ސުޖާއުއެވެ. އޭނާވެސް ވަނީ ރިޓަޔާ ކުރައްވާފަ އެވެ.