އެޗްޑީސީ އިން ބުނީ ހުޅުމާލޭގެ ފޭސް 1 ގައި ގާއިމްކޮށްފައިވާ 704 ފްލެޓުތައް ސާފުކުރުމާއި މެއިންޓެނެންސްގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ހުޅުމާލެ ފޭސް އެކެއްގައި ހަދާފައިވާ 704 ފްލެޓުތައް ސާފު ކުރުމާއި މެއިންޓަނަސް މަސައްކަތް އެޗްޑީސީ އިން ފަށައިފިއެވެ.
އެޗްޑީސީ އިން ބުނީ ހުޅުމާލޭގެ ފޭސް 1 ގައި ގާއިމްކޮށްފައިވާ 704 ފްލެޓުތައް ސާފުކުރުމާއި މެއިންޓެނެންސްގެ މަސައްކަތް އެޗްޑީސީއާ ރަސްމީކޮށް ހަވާލުކުރުމާ ގުޅިގެން، އެ ފްލެޓުތަކުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް މިދިޔަ އަންގާރަ ދުވަހު އެޗްޑީސީން ވަނީ ފަށާފައިވާ ކަމަށެެވެ.
ހުޅުމާލެ ބަލަހައްޓާ ކުންފުނިން ދާދިފަހުން ވަނީ ހުޅުމާލެ ފޭސް ދޭއްގައި ހުންނަ ހިޔާފްލެޓުތަކުގައި ވެސް ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ.
އެޗްޑީސީއަކީ ރާއްޖޭގެ އެންމެ ބޮޑު އާބާދީ އެއްތަނެއްގައި ދިރިއުޅޭ ހުޅުމާލޭގެ ހުރިހާ ފްލެޓުތަކެއް ބަލަހައްޓާ ކުންފުންޏެވެ.