އިންތިހާބުތައް އެއްކޮށްލާ ރިފަރެންޑަމް ވޯޓާ ގުޅޭ ގަރާރު ބާތިލްކުރަން ހުށަހެޅި މައްސަލަ ބަލައެއް ނުގަތް

އެ މައްސަލަ ބަލައިނުގަތުމަށް ސިވިލް ކޯޓުގެ ރަޖިސްޓްރާ ނިންމަވާފައި ވަނީ، މައްސަލަ ހުށަހެޅުމުގެ ކުރިން އެކަމަށް ހައްލެއް ހޯދުމަށް އެކަށީގެންވާ މަސައްކަތް ކުރުމަށް ފަހު ނޫނީ ޖުޑިޝަލް ރިވިއުގެ ދައުވާއެއް ކޯޓަށް ނުބެލޭނެ ކަމަށް ވިދާޅުވެ އެވެ.

އެމްޑީޕީން މީގެ ކުރިން ބޭއްވި ހިނގާލުމެއް

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށް ބޭއްވުމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނެގުމަށް ނިންމަވައި ރައީސް ޑރ. މުހައްމަދު މުއިއްޒު ނެރުއްވި ގަރާރު ބާތިލު ކުރުމަށް އެމްޑީޕީގެ ފަރާތުން ސިވިލް ކޯޓަށް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަންނަން އެ ކޯޓުން ނިންމައިފި އެވެ.

އެ މައްސަލައިގައި އެމްޑީޕީން ބުނެފައި ވަނީ ދެ އިންތިހާބު އެއްކޮށްލުމާ ގުޅޭ ގޮތުން ރައީސް ނެރުއްވި ގަރާރު އޮތީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށެވެ. އެގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނުގައި ބުނާ ފަދަ މައުލޫމާތު ކަރުދާހެއް އެ ގަރާރުގައި ހިމަނާފައި ނުވާ ކަމަށް ފާހަގަކޮށްފައިވެ އެވެ.

 އެ މައްސަލަ ބަލައިނުގަތުމަށް ސިވިލް ކޯޓުގެ ރަޖިސްޓްރާ ނިންމަވާފައި ވަނީ، މައްސަލަ ހުށަހެޅުމުގެ ކުރިން އެކަމަށް ހައްލެއް ހޯދުމަށް އެކަށީގެންވާ މަސައްކަތް ކުރުމަށް ފަހު ނޫނީ ޖުޑިޝަލް ރިވިއުގެ ދައުވާއެއް ކޯޓަށް ނުބެލޭނެ ކަމަށް ވިދާޅުވެ އެވެ.

ނަމަވެސް އެމްޑީޕީން އެ މައްސަލަ ކޯޓަށް ހުށަހެޅުމުގެ ކުރިން އެކަމަށް ހައްލެއް ގެނައުމަށް އެއްވެސް އިދާރާއަކަށް ޝަކުވާ ހުށަހެޅިކަން، ނުވަތަ އެކަމާ ގުޅިގެން އިދާރާއަކުން ނިންމި ނިންމުމެއް އޮތްކަން އެނގޭނެ ލިޔުމެއް ހުށަހަޅާފައި ނުވާތީ މައްސަލަ ވަނީ ބާތިލުކޮށްފަ އެވެ.

އެ ގަރާރު ބާތިލުކުރުމަށް ގާނޫނީ ވަކީލުންތަކެއް ވަނީ ސުޕްރީމް ކޯޓަށް ވެސް މައްސަލައެއް ހުށަހަޅާފަ އެވެ. 

ރައީސް ނެރުއްވި ގަރާރުގައިވާ ގޮތުން ދެ އިންތިހާބު އެއްކޮށްލުމާ ގުޅޭ ގޮތުން ނަގާ ފެންނަ ނުފެންނަ ވޯޓު ބާއްވާނީ ލޯކަލް ކައުންސިލް އިންތިހާބާ އެކީ އޭޕްރިލް 4 ގަ އެވެ.

ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ޕީއެންސީން ތާއީދު ކުރަނީ މައިގަނޑު ދެ ސަބަބަކާ ގުޅިގެންނެވެ. އެއީ ދެ އިންތިހާބު ބާއްވަން ދާ ހަރަދު ކުޑަ ކުރުމާއި ސިޔާސީ ހަމަޖެހުން ގެންނަން ކަމަށް އެ ޕާޓީން ބުނެ އެވެ.

އެ ގަރާރުގައިވާ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމަށް ނަގާ ވޯޓުގައި ކުރާނެ ސުވާލަކީ:

"ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށާއި ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށް ޓަކައި ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައިފައިވާ "ގާނޫނުއަސާސީ އަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލު" ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވުމަށް ފެނޭ ހެއްޔެވެ؟"

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.