
މޯލްޑިވް ގޭސްގެ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ހާމަކުރައްވައިފި އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެސްޓީއޯ އާ ހަވާލާ ދެއްވައި ޒަމީރު ވިދާޅުވީ ގޭސް ރައްކާ ކުރުމާ ގުޅޭ ޕްރޮޖެކްޓުގެ ޕްރޮކިއުމަންޓު މަސައްކަތްތައް މިހާރު ފަށާފައިވާ ކަމަށެވެ.
އެ ޕްރޮޖެކްޓު ނިމުމުން ދެ މަހާއި 15 ދުވަހުގެ މުއްދަތަށް ގޭހުގެ ސްޓޯރޭޖު މާލެ ސަރަހައްދުގައި ބެލެހެއްޓޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި މޯލްޑިވް ގޭހަށް މިހާރު އެއްފަހަރާ ރައްކާ ކުރެވެނީ 1،000 ޓަނުގެ ގޭހެވެ.
މެދުއިރުމަތީގައި މިހާރު ކުރަމުންދާ ހަނގުރާމަ އާ ގުޅިގެން ތެލުގެ ސަޕްލައި ތާށިވެ، ރާއްޖޭގައި ވެސް ގޭސް ވިއްކުން ކުދި ފުޅިތަކަށް ބަދަލުކޮށް، ދެ ފަހަރެއްގެ މަތިން ކޮންޓްރޯލް ކުރަންޖެހުނެ އެވެ.
ނަމަވެސް، ގޭސް ލިބުމުގައި ރާއްޖެއަށް މި ވަގުތު އެއްވެސް ދައްޗެއް ނެތްކަމުގެ ޔަގީން ޒަމީރު މިއަދު ވެސް ވަނީ ދެއްވައިފަ އެވެ.