ފިޒިބިލިޓީ ސްޓާޑީތަކާއި ޕްރޮޕޯސަލްތައް އެ ގައުމުގެ ސެންޓްރަލް ބޭންކަށް ހުށަހަޅާފައިވާ ކަމަށް ޝަރީފް ވިދާޅުވި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ބްރާންޗެއް ސްރީ ލަންކާގައި ހުޅުވަން ލައިސެންސް އަށް އެދިފައިވާ ކަމަށް ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ ލަންކާގައި ބްރާންޗެއް ހުޅުވަން ފިޒިބިލިޓީ ސްޓާޑީތަކާއި ޕްރޮޕޯސަލްތައް އެ ގައުމުގެ ސެންޓްރަލް ބޭންކަށް ހުށަހަޅާފައިވާ ކަމަށެވެ.
"އެހެން ގައުކުތަކުގެ ކެޕިޓަލް ރިކުއަމަންޓް ބޮޑު. ނަމަވެސް ލަންކާގައި ހުޅުވިދާނެ ކަމަށް ގަބޫލު ކުރެވޭތީ [ލައިސެންސް] އަށް އެދުނީ. ފިޒިބިލިޓީ ސްޓާޑީތަކާއި ޕްރޮޕޯސަލް ހުށަހަޅާފައި ވަނީ." އޭނާ ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވި ގޮތުގައި ބީއެމްއެލްގެ ކެޕިޓަލް ބޮޑުވަމުން މިހާރު ހުރީ 18 ބިލިއަންގަ އެވެ.