ފިނޭންސް މިނިސްޓަރު ޒަމީރު ވިދާޅުވި ގޮތުގައި ފޮރިން މިނިސްޓަރު ދަތުރު ކުރައްވާނެ އެވެ. ނަމަވެސް އެހެން ދަތުރުތައް މިވަގުތު ވާނީ ހުއްޓާލާފަ އެވެ.

ހަނގުރާމައާ ގުޅިގެން ދައުލަތުގެ އާމްދަނީ އަށް އަސަރު ކުރާނެ ކަމަށް ފެންނާތީ، ކޮންމެހެން ކުރަން ޖެހޭ ބޭރު ދަތުރުތައް ނޫނީ ނުކުރުން ނިންމައިފި އެވެ.
ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިނޭންސް މިނސްޓަރު މޫސާ ޒަމީރު ވިދާޅުވ ގޮތުގައި ހަރަދު ކުޑަ ކުރުމުގެ ފިޔަވަޅުތައް އަޅަމުން ދަނީ ކުރިއާލާ އިއުލާނުކޮށްގެން ނޫން ކަމަށާ ނަމަވެސް ހާލަތަށް ބަލައި ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ހަރަދު ކުޑަ ކުރުމުގެ ފިޔަވަޅުތަކުގެ ތެރެއިން ބޭރު ދަތުރުތައް ހުއްޓާލަން ނިންމާފައިވާ ކަމަށެވެ.
"ބޭރު ދަތުރު ހުއްޓާލައިލާނެ. ނަމަވެސް ފޮރިން މިނިސްޓަރު ދަތުރު ކުރައްވާނެ.ކޮންމެހެން ކުރަން ޖެހޭ ދަތުރެއް ނޫނީ ނުކުރާނެ. ހުދު އަޅުގަނޑުވެސް އޭޑީއެފްޑީގެ 100 މިލިއަން ޑޮލަރުގެ ފައިނަލްގައި ސޮއިކުރުން. މިހާރު އޮންލައިންކޮށް އޭޑީއެގްޑީގެ ބޯޑުން ނިންމާފަ ދެ ދުހެއްގެ ތެރޭގަ ސިންގްންޗާ ކުރަން ނިންމާފަ އޮންނާނީ،" ޒަމީރު ވިދާޅުވި އެވެ.