ހުޅުމާލެ ގޯތިތައް 10 ފްލޯއަށް އިމާރާތް ކުރެވޭ ގޮތް ހަދައިފި

އެ އިމާރާތްތަކުގައި ލިފްޓް ހަރު ކުރުމާއި ޓެރަސް މެޒަނިން ފްލޯ އަދި ފުރާޅުމަތީގައި ހަދާ އޮނިގަނޑުތަކުގެ މިންގަނޑުތައް ވެސް ވަނީ ބަޔާން ކޮށްފަ އެވެ.

ހުޅުމާލެ --

ހުޅުމާލޭގެ ގޯތިތައް 10 ފްލޯ އަށް އިމާރާތް ކުރެވޭ ގޮތަށް ހަދައި އާ ގަވާއިދެއް ފިނޭންސް މިނިސްޓްރީން އެކުލަވާލައިފި އެވެ.

އެ ގަވާއިދުގައިވާ ގޮތުން އިމާރާތްތަކުގެ އެންމެ އުސްމިނަކަށް ވާން ޖެހެނީ 30.5 މީޓަރެވެ. އަދި 901 އަކަފޫޓަށްވުރެ ބޮޑެތި ގޯތިތައް އެ އުސްމިނަށް ނުވަތަ 10 ފްލޯ އަށް އިމާރާތް ކުރުމަށް ހުއްދަ ދެވޭނެ ކަމަށް އެ ގަވާއިދުގައި ބުނެފައި އެވެ. 

އެފަދަ އުސް އިމާރާތްތަކުގައި ލިފްޓް ހަރު ކުރުމާއި ދިރިއުޅޭ ބައިތަކުގެ ސީލިންގް ހުންނަންޖެހޭ އެންމެ ދަށް އުސްމިނާއި ޓެރަސް މެޒަނިން ފްލޯ އަދި ފުރާޅުމަތީގައި ހަދާ އޮނިގަނޑުތަކުގެ މިންގަނޑުތައް ވެސް އެ ގަވާއިދުގައި ވަނީ ބަޔާން ކޮށްފަ އެވެ.

އެ ގަވާއިދު ބުނާ ގޮތުން 18.5 މީޓަރަށްވުރެ ތިރި އިމާރާތްތަކުގައި އެޕާޓްމަންޓްގެ ސައިޒަށް ބަލައި ސައިކަލް ޕާކިން ދޭންޖެހޭ އިރު އެއަށް ވުރެ އުސް އިމާރާތްތަކުގައި ގްރައުންޑް ފްލޯ ނުވަތަ ބޭސްމަންޓް ޕާކިން އަށް ހާއްސަކުރަންޖެހޭ ކަމަށް ގަވާއިދުގައި ބުނެފައިވެ އެވެ. 

މީގެ އިތުރުން ކުނި ބަހައްޓާނެ ވަކި ތަނެއް ހުރުމާއި ވައި ދައުރުވުމާއި އަލިކަން ހުންނަންޖެހޭ މިންގަނޑުތަކުގެ އިތުރުން ހުޅުމާލެ ފޭސް 2 ގައި ހަދާ އިމާރާތްތަކުގައި ޖީޕީއޯއެން ފައިބަ ކޭބަލް އެޅުމަށް ބޭނުންވާ ޑަކްޓްތައް ހިމެނުން ވެސް ވަނީ ލާޒިމްކޮށްފަ އެވެ.

އެ ގަވާއިދުގެ ދަށްުން ބިންތައް އިމާރާތް ކުރުމަށް ޑިޒައިން އެޕްރޫވް ކުރުމާއި ހުއްދަތައް ހޯދަން ޖެހޭނީ ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޕޯޓަލް މެދުވެރިކޮށެވެ.

އިމާރާތްކުރުމުގެ މަސައްކަތް ފެށޭނީ ބޭނުންވާ ހުއްދަތައް ލިބުމުން ކަމަށާއި ބިންތަކުގެ އިންވަކިކުރާ ފާހަގަތައް ޖެހުމާއި ބޭނުންވެއްޖެ ހާލަތެއްގައި އަލުން ޖަހައިދިނުމަކީ އެޗްޑީސީގެ ޒިންމާއެއް ކަމަށް އެ ގަވާއިދުގައި ބުނެފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.