އެމެރިކާގެ ނޫސްތަކުގައިވާ ގޮތުން ރައީސް ޓޮނަލްޑް ޓްރަމްޕް ވަނީ ތަފާތު ގޮތްގޮތުން އީރާނު ވާހަކައިގެ މޭޒަަށް ގެންނަން މަަސައްކަތް ފަށާފަ އެވެ.

އެމެރިކާ- އިސްރާއިލުން އީރާނަށް ހަމަލާ ދިނީ މައިގަނޑު ދެ ބޭނުމެއްގަ އެވެ. އެއް ބޭނުމަކީ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމެވެ. އަނެއް މަގުސަދަކީ އީރާނުގެ ފަރާތުން އިސްރާއިލަށް އޮތް ނުރައްކާ އަބަދަށް ފޮހެލުމެވެ. ނަމަވެސް މީގެ އެއްވެސް މަގުސަދެއް ހާސިލްނުވެ ހަނގުރާމަ ނިންމަން ސުލްހަވާން ސަލާން ޖަހަން ފަށައިފި އެވެ.
އެމެރިކާގެ ނޫސްތަކުގައިވާ ގޮތުން ރައީސް ޓޮނަލްޑް ޓްރަމްޕް ވަނީ ތަފާތު ގޮތްގޮތުން އީރާނު ވާހަކައިގެ މޭޒަަށް ގެންނަން މަަސައްކަތް ފަށާފަ އެވެ. މިގޮތުން އެކ ގައުމުތަކުގެ ވެރިން މެދުވެރިކޮށް އީރާނަށް ދަނީ މެސެޖު ކުރަމުންނެވެ. އަދި ކޮންމެ ދުވަހަކު ދެ ދަޅައަށް ޓީވީއަށް އަރައި ހަނގުރާމައިން ނަޝްރު ލިބިއްޖެކަމަށް ދަނީ ޓްރަމްޕް ވާހަކަ ދައްކަވަމުންނެވެ. އަދި މިކަމުގެ ސަބަބުން ތެލުގެ ބާޒާރަށް ދަނީ ހެޔޮ ބަދަލު އަންނަމުންނެވެ. މިގޮތުން ތެލުގެ އަގު ވަނީ ފަސް ސެންޓްވަރު މިދިޔަ 24 ގަޑިއިރު ތެރޭ ހެޔޮވެފަ އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޓް ޓްރަމްޕް އާއި ޕީޓް ހެގްސެތް ވަނީ އީރާނުގެ ވައިގެ ބާރާއި ކަނޑުގެ ބާރުއެއްކޮށް ނައްތާލެވިފައިވާ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އީރާނުން ދަނީ ކޮންމެ ދުވަހަކު ކެނޑިނޭޅި އިސްރާއިލަށް މިސައިލް ހަމަލާތައް ދެމުންނެވެ. އަދި މި ހަމަލާތަކުގެ ބާރު ގަދަމުންދާކަމަށް އިސްރާއިލްގެ ނޫސްތަކުން ދަނީ ބުނަމުންނެވެ.