ވީއައިއޭ ޓްރެފިކް ފްލޯއަށް ބަދަލެއް | ޓެކްސީ ނެގުން ޓާމިނަލް ދޭ ކައިރިއަށް

ކުންފުނިން ބުނީ މި ބަދަލާއެކު ވީއައިއޭ ޓާރމިނަލް 2 ބޭނުންކުރައްވާ ފަސިންޖަރުންނަށް ލުއިފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދިނުމުގެ ގޮތުން މިއަދުން ފެށިގެން ޓމިނަލް 2 ގެ ކުރިމަތީ ސަރަހައްދަކީ ފަސިންޖަރުންނަށް ޓެކްސީ ނެގޭނެ އެވެ.

ވީއައިއޭއަށް ބޯޓު ޖައްސަން އަންނައިރު ފެންނަ މަންޒަރު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ޓާމިނަލް ދޭ، (މިހާރުގެ ޑޮމެސްޓިކް) ޓާމިނަލް ކުރިމަތިން ޓެކްސީ ނެގޭ ގޮތަށް ބަދަލު ގެނެސްފި އެވެ.

ވީއައިއޭ ހިންގާ އެމްއޭސީއެލް އިން ނެރުނު ބަޔާނެއްގައި ބުނީ މިއަދުން ފެށިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓްރެފިކް ފްލޯއަށް ބައެއް ބަދަލުތައް ވަނީ ނެގެވިފަ އެވެ.

އެ ކުންފުނިން ބުނީ މި ބަދަލާއެކު ވީއައިއޭ ޓާރމިނަލް 2 ބޭނުންކުރައްވާ ފަސިންޖަރުންނަށް ލުއިފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދިނުމުގެ ގޮތުން މިއަދުން ފެށިގެން ޓމިނަލް 2 ގެ ކުރިމަތީ ސަރަހައްދަކީ ފަސިންޖަރުންނަށް ޓެކްސީތަކަށް އަރާ ފޭބޭނެ ސަރަހައްދެއްކަމުގައި ވަނީ ހަމަޖައްސާފަ އެވެ.

"މި ސަރަހައްދުގައި ފަހަރަކު 4 ޓެކްސީއަށް މަޑުކުރެވޭނެ ސްލޮޓްތައް ފާހަގަކުރެވިފައި ހުންނާނެއެވެ. އަދި ޓަރމިނަލް 2 ގެ ޑިޕާޗާ ކުރިމަތިން ބުރާއި ދެމެދުގައިވާ ސަރަހައްދަކީ ފަސިންޖަރުން ޓެކްސީއަށް އެރުމަށްޓަކައި ޚާއްސަ ކުރެވިފައިވާ ސަރަހައްދެވެ. މި ސަރަހައްދުގައި ފަހަރަކު 5 ޓެކްސީ އަށް މަޑުކުރެވޭނެ ސްލޮޓްތައް ފާހަގަކުރެވިފައިވާނެ އެވެ،" އެމްއޭސީއެލް އިން ބުނެފައިވެ އެވެ.

އެ ކުންފުނިން ބުނީ މި ގެނެވުނު ބަދަލަށް އެންމެހާ ފަރާތްތަކުން އަހުލުވެރިކޮށް ޓްރެފިކް ފްލޯ މެނޭޖްކުރުމަށްޓަކައި މި ކުންފުނީގެ މުވައްޒަފުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ގެންދާނެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.