ޓެކްސީ ލައިންގެ 60 ކާރު ގެނެސްފި | އޭޕްރީލް 2 ގައި ހިދުމަތް ފަށާނެ

ދެވަނަ ޝިޕްމަންޓު އައުމާ އެކު، އަންނަ މަހުގެ ދެވަނަ ދުވަހު، ޓެކްސީ ލައިންގެ ހިދުމަތް ފެށިގެން ދާނެކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ސަރުކާރުން ފަށަން ތައްޔާރުވަމުންދާ ޓެކްސީ ލައިނަށް ބޭނުންވާ ކާރުތަކުގެ ފުރަތަމަ ޝިޕްމަންޓު ރާއްޖެއަށް ގެނެސްފި އެވެ.

ޓްރާންސްޕޯޓު މިނިސްޓްރީން ބުނީ، ޓެކްސީ ލައިނަށް ބޭނުންވާ ކާރުތަކުގެ ތެރެއިން، މިއަދު 60 ކާރު ގެނެސްފައިވާ ކަމަށެވެ. 

މިހާރު ދަނީ އެ ކާރުތައް ނެރުމުގެ މަސައްކަތް ކުރަމުން ކަމަށާއި، ދެވަނަ ޝިޕްމެންޓުގައި ހިމެނޭ އިތުރު 90 ކާރު، އަންނަ އާދީއްތަ ދުވަހު ރާއްޖެއަށް ގެނެވޭނެ ކަމަށް ވެސް ބުންޏެވެ.

ދެވަނަ ޝިޕްމަންޓު އައުމާ އެކު، އަންނަ މަހުގެ ދެވަނަ ދުވަހު، ޓެކްސީ ލައިންގެ ހިދުމަތް ފެށިގެން ދާނެކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

އެމްޓީސީސީއާ ހަވާލުކޮށްގެން ޓެކްސީގެ ހިދުމަތް ފަށަނީ ތިމާވެއްޓާ ރަހުމަތްތެރި އިލެކްޓްރިކް ވެހިކަލްސް ބޭނުންކޮށްގެންނެވެ. 

އަދި މި ހިދުމަތަކީ 24 ގަޑިއިރު ދޭނެ ހިދުމަތަކަށްވާނެ ކަމަށް އެމްޓީސީސީ އިން ބުނެފައިވެ އެވެ.

ސަރުކާރުގެ ޓެކްސީ ލައިނަށް ނަމްބަރެއް އިއްޔެ ތައާރަފުކޮށްފައިވެ އެވެ. އެއީ 1655 އެވެ. 

އެމްޓީސީސީން ވަނީ މި ޓެކްސީ ލައިނަށް ބޭނުންވާ ޑްރައިވަރުން ނަގައި ތަމްރީން ވެސް ކޮށްފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.