ޝުކޫރު އަވަހާރަވެފައިވަނީ އުމުރުން 75 އަހަރުގަ އެވެ. ކެންސަރު ބައްޔަށް އިންޑިއާގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ

ދިވެހި ސިފައިންގެ ތެރޭގައި ގިނަ ހިދުމަތްތަކެއް ކުރެއްވި އަދި ފުރަަތަމަ ފުލުހުންގެ ހިދުމަތުގެ ކުރީގެ ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު އަބްދުއްޝަކޫރު އަބްދުﷲ މިއަދު އަވަހާރަވެއްޖެ އެވެ.
އަބްދުޝުކޫރުގެ ދަރިކަލުން އަދި ފުލުހުންގެ އިސް އޮފިސަރަކަށް ކުރިން ހުންނެވި އަހުމަދު ޝުހާދު ފޭސްބުކްގައި ކުރެއްވި ޕޯސްޓުގައި ވަނީ އޭނާގެ ބައްޕައަށް ހެޔޮ ދުއާ ކޮށްދިނުމަށް އެދިވަޑައިގެންފަ އެވެ. ޝުކޫރު އަވަހާރަވެފައިވަނީ
އުމުރުން 75 އަހަރުގަ އެވެ. ކެންސަރު ބައްޔަށް އިންޑިއާގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ
ޝުކޫރުވަނީ ފުލުހުންގެ ހިދުމަތުގައި 43 އަހަރަށް ވުރެ ގިނަ ދުވަހު ހޭދަކުރައްވާފަ އެވެ. މަސައްކަތުން ރިޓަޔާ ކުރެއްވީ މާޗު 5، 2009 ގަ އެވެ.