ރާއްޖޭގެ ކަންނެލި މަސްވެރިކަމަށް އެމްއެސްސީ ސެޓްފިކެޓް

މި އަހަރު ކަންނެލި މަސްވެރިކަމަށް ވެސް އެމްއެސްސީ ސެޓްފިކެޓް ލިބުން ފާހަގަ ކޮށް "އެކްސް" ގައި ކުރި ޕޯސްޓެއްގައި ފިޝަރީޒް މިނިސްޓްރީން ވަނީ މަސްވެރިކަމުގެ ދާއިރާގެ ހުރިހާ ފަރާތްތަކަށް މަރުހަބާ ކިޔައިފަ

ހުޅުމާލެ ކަންނެލި ޖެޓީ ސަރަހައްދު--

ރާއްޖޭގައި ކުރާ ރީންދޫ އުރަހަ ކަންނެލީގެ މަސްވެރިކަމަކީ ތިމާވެއްޓާ ރައްޓެހި ގޮތަކަށް ކުރާ މަސްވެރިކަމެއް ކަން އަންގައިދޭ ބައިނަލްއަގުވާމީ ސެޓްފިކެޓް ލިބިއްޖެ އެވެ.

މެރިން ސީފުޑް ޕްރޮސެސާ އެންޑް އެކްސްޕޯޓާ އެސޯސިއޭޝަން (އެމްއެސްޕީއީއޭ) އިން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގައި ކުރާ ކަޅުބިލަމަހުގެ ދޮށީގެ މަސްވެރިކަމުގެ އިތުރުން ރީނދޫއުރަހަ ކަންނެލީގެ މަސްވެރިކަމަށް މެރިން ސްޓެވާޑްޝިޕް ކައުންސިލް (އެމްއެސްސީ) ގެ ސެޓްފިކެޓް ލިބިފައިވާ ކަމަށެވެ. 

އެއީ ރާއްޖޭގައި މަސްވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިޔަށް ގެންދިޔުމަށް ކުރަމުންދާ މަސައްކަތުގެ މުހިންމު ލަނޑުދަނޑިއެއް ކަމަށް އެ އެސޯސިއޭޝަނުން ބުންޏެވެ. 

ރާއްޖޭގައި ކުރާ ދޮށީގެ މަސްވެރިކަމަށް 2012 ވަނަ އަހަރު އެމްއެސްސީ ސެޓްފިކެޓް ވަނީ ލިބިފަ އެވެ. އަދި މިހާރު އެއީ ސެޓްފިކެޓް ދަމަހައްޓަމުން އަންނަ ފަސް އަހަރުގެ ތިން ވަނަ ދައުރެވެ. އެމްއެސްޕީއީއޭ އިން ބުނީ އެއީ ދުނިޔޭގެ ނިސްބަތުން އެންމެ ގިނަ ދުވަހު ދަމަހައްޓަމުން އަންނަ ސެޓްފިކެޓް ކަމަށެވެ. 

މި އަހަރު ކަންނެލި މަސްވެރިކަމަށް ވެސް އެމްއެސްސީ ސެޓްފިކެޓް ލިބުން ފާހަގަ ކޮށް "އެކްސް" ގައި ކުރި ޕޯސްޓެއްގައި ފިޝަރީޒް މިނިސްޓްރީން ވަނީ މަސްވެރިކަމުގެ ދާއިރާގެ ހުރިހާ ފަރާތްތަކަށް މަރުހަބާ ކިޔައިފަ އެވެ. 

އެ ކާމިޔާބީ އަކީ މަސްވެރިކަމުގެ ސިނާއަތާއި ސަރުކާރާއި ބައިނަލްއަގުވާމީ ބައިވެރިން ގުޅިގެން ގިނަ އަހަރުތަކެއް ވަންދެން ކުރި ބުރަ މަސައްކަތާއި އެއްބާރުލުމުގެ ނަތީޖާ ކަމަށާއި އެ ސެޓްފިކެޓްގެ ސަބަބުން ރާއްޖޭގެ ކަނޑުމަހުގެ އުފެއްދުންތަކަށް ބައިނަލްއަގުވާމީ ބާޒާރުގައި އިތުރު ފުރުސަތުތަކެއް ފަހިވެގެންދާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.