
ގއ. ދާންދޫގައި ކާނާ ވިހަވެގެން އެ ރަށު ސިއްހީ މަރުކަޒަށް ގެންދިޔަ މީހަކު މަރުވި މައްސަލައެއް ފެންމަތިވެއްޖެ އެވެ.
ރޭގެ ވަގުތެއްގައި ދާންދޫ ސިއްހީ މަރުކަޒަށް ގެންދިޔައީ އުމުރުން 41 އަހަރުގެ އަންހެނަކު ކަން އެނގިފައިވެ އެވެ.
އޭނާއަށް ފަރުވާދެމުން ދަނިކޮށް މަރުވެފައިވާއިރު، އޭނާ އެލާޖިކް ވީ ކޯޗަކަށް ކަމެއް ނޭނގެ އެވެ.
ފުލުހުން ބުނީ ދާންދޫ ސިއްހީ މަރުކަޒުގައި، ކާނާގެ ބާވަތަކަށް އެލާޖިކްވެގެން ފަރުވާ ދެމުންދަނިކޮށް، 41 އަހަރުގެ ދިވެހި އަންހެނަކު މަރުވެފައިވާކަމުގެ މައުލޫމާތު ރޭ ލިބިފައިވާ ކަމަށެވެ.
އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.