ފުލުހުން މިރޭ ބުނީ އެ އަލިފާނުގެ ހާދިސާއާ ގުޅިގެން މިމަހުގެ 22 ވަނަ ދުވަހުގެ ރޭ ކޯޓު އަމުރެއްގެ ދަށުން މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

ގ. ހިޔާރޯދިގޭގެ ފުރަތަމަ ފަންގިފިލާގައި އަލިފާން ރޯކޮށްލި ކަމުގެ ތުހުމަތު އޮތް މީހާ ހައްޔަރު ކޮށްފި އެވެ.
މިދިޔަ ބުދަ ދުވަހު ހިނގި މިއަލިފާނުގެ ހާދިސާއަކީ ގަސްތުގައި މީހަކު ކުރި ކަމެއް ކަމަށް އޮތީ ތުހުމަތު ކުރެވިފަ އެވެ.
ފުލުހުން މިރޭ ބުނީ އެ އަލިފާނުގެ ހާދިސާއާ ގުޅިގެން މިމަހުގެ 22 ވަނަ ދުވަހުގެ ރޭ ކޯޓު އަމުރެއްގެ ދަށުން މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
އެއީ ލ. މާބައިދޫ، ސަބުނަމްހައުސް، ހުސައިން ޝަހުބާން 29، އެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 5 ދުވަހަށް ބަންދުކުރަން ވަނީ އަމުރުކޮށްފަ އެވެ.
އެ ގުދަނުގައި ރޯވުމުގެ މިނެޓްކޮޅެއް ކުރިން ސައިކަލެއްގައި އައި މީހަކު އެގެއަށް ވަންނަ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖެއް ވަނީ އާންމުވެފަ އެވެ. ރޯވެފައި ވަނީ އޭނާ އެގެއިން ނުކުތުމަށްފަހުއެވެ. އެހެންކަމުން އެގޭގައި ގަސްތުގައި ރޯކޮށްލީ ކަމަށް ތުހުމަތު ކުރެވެ އެވެ.