ހަނގުރާމައާ ގުޅިގެން ރާއްޖެއަށް ތެލާއި ގޭސް އަދި ކާބޯތަކެތި ލިބޭނެ އިތުރު މަގުތައް ހޯދައި، އެ ތަކެތި ހުސްނުވެ ލިބޭނެކަމުގެ ޔަގީންކަން ސަރުކާރުން ވަނީ ތަކުރާރުކޮށްދީފަ އެވެ.

ގޭހުގެ އާ ޝިޕްމަންޓެއް ލިބުމާ އެކު 10 ކިލޯގެ ގޭސް ސިލިންޑަރު މިހާރު އަލުން ވިއްކަން ފަށާފައިވާކަމަށް މޯލްޑިވް ގޭސްއިން ބުނެފި އެވެ.
މެދުއިރުމަތީގައި މިހާރު ކުރަމުންދާ ހަނގުރާމަ އާ ގުޅިގެން، ތެލާއި ގޭހުގެ ސަޕްލައިއަށް އިންތިހާއަށް ބުރޫއެރުމާ ގުޅިގެން، ރާއްޖެއަށް ވެސް ގޭހުގެ ދަތިކަން ކުރިމަތިވި އެވެ.
މިގޮތުން، ނިމުނު ރޯދަ މަހުގެ ތެރޭގައި ގޭހުގެ ޑިމާންޑު އިތުރުވުމާ ގުޅިގެން، ހާއްސަ ރޭޓެއްގައި 10 ކިލޯގެ ގޭސްފުޅީގެ ބަދަލުގައި ހަތް ކިލޯގެ ގޭސްފުޅި ވަނީ ވިއްކައިފަ އެވެ.
އެސްޓީއޯއިން މިއަދު ބުނީ، ގޭހުގެ އާ ޝިޕްމަންޓް ލިބި ދިމާވި ގޭހުގެ ދަތިކަން ހައްލުކޮށް މިހާރު 10 ކިލޯގެ ގޭސް ފުޅި މޯލްޑިވްސް ގޭސް އިން ލިބޭނެ ކަމަށެވެ.
ހަނގުރާމައާ ގުޅިގެން ރާއްޖެއަށް ތެލާއި ގޭސް އަދި ކާބޯތަކެތި ލިބޭނެ އިތުރު މަގުތައް ހޯދައި، އެ ތަކެތި ހުސްނުވެ ލިބޭނެކަމުގެ ޔަގީންކަން ސަރުކާރުން ވަނީ ތަކުރާރުކޮށްދީފަ އެވެ.