ކެމްޕޭނަށް މެޑަމް ސާޖިދާ ތިނަދޫއަށް

އެގޮތުން ތިނަދޫ ކެނޑިޑޭޓުންގެ ދޮރުން ދޮރަށް ހަރަކާތުގައި ބައިވެރިވެވަޑައިގެން ރައްޔިތުންނާ އެކަމަނާ ގެންދަވަނީ ބައްދަލުކުރައްވަމުންނެވެ.

ފަސްޓްލޭޑީ ސާޖިދާ މުހައްމަދު ގދ. ތިނަދޫގައި --

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި ވާދަކުރާ ކެނޑިޑޭޓުންގެ ކެމްޕޭނަށް، ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ގދ. ތިނަދޫއަށް ވަޑައިގެންފި އެވެ.

މެޑަމް ސާޖިދާ އެރަށަށް ވަޑައިގަތުމުން އެރަށުން ވަރަށް ހޫނު މަރުހަބާއެއް ކިޔާފައިވެ އެވެ. އެކަމަނާއަށް މަރުހަބާ ދެންނެވުމަށް ގިނަ ބަޔަކު ބަނދަރު ސަރަހައްދަށް އެއްވެފައިވެ އެވެ.

މި ދަތުރުފުޅުގައި ފަސްޓްލޭޑީ ޕީއެންސީގެ މެންބަރުންނާ ބައްދަލު ކުރައްވާނެ އެވެ. އަދި ކެމްޕޭނު ހަރަކާތްތަކުގައިވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.

އެގޮތުން ތިނަދޫ ކެނޑިޑޭޓުންގެ ދޮރުން ދޮރަށް ހަރަކާތުގައި ބައިވެރިވެވަޑައިގެން ރައްޔިތުންނާ އެކަމަނާ ގެންދަވަނީ ބައްދަލުކުރައްވަމުންނެވެ.

ތިނަދޫއަށްފަހު ފުވައްމުލަކު ސިޓީއަށް ވެސް ފަސްޓްލޭޑީ ވަޑައިގަންނަވާނެ އެވެ. އަދި އެއަށްފަހު މާދަމާ އައްޑޫ ސިޓީއަށްވެސް ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފަ އެވެ.

މެޑަމް ސާޖިދާ ގެންދަވަނީ މާލޭގައި ކުރިއަށްދާ ހަރަކާތްތަކުގައިވެސް ބައިވެރިވެވަޑައިގަންނަވަމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.