އެސްޓީއޯ އިން އެމްޓީ ނިއޯން ގަނެފައިވަނީ 2026 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ކުރީކޮޅު އެވެ. މިއީ 24,500 މެޓްރިކް ޓަނުގެ ތެޔޮ އުފުލުމުގެ ގާބިލުކަން ހުރި ބޯޓެކެވެ.

ރާއްޖެއަށް އެތެރެކުރާ ތެލުގެ ބޮޑުބައި ގެންނަ އެސްޓީއޯއިން އެންމެފަހުން ގެނަފައިވާ "ނިއޯން" ޓެންކަރަކީ މިވަގުތަށް ލިބުނު ބޮޑު ރައްކާތެރިކަމެއް ކަމަށް މޯލްޑިވް ނޭޝަނަލް ޝިޕިންގެ ކުރީގެ އެމްޑީކަންވެސް ކުރެއްވި ކެޕްޓަން މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
މެރިޓައިމް ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ ނާޒިމް އެކްސްގައި ވިދާޅުވެފައިވާ ގޮތުގައި އެސްޓީއޯއިން އިން އަލަށް ގަނެފައިވަނީ 2013 ވަނަ އަހަރު ބަނދެފައިވާ 27,000 މެޓްރިކްޓަނުގެ އެމްޓީ ނިއޯން ތެޔޮ އުފުލާ ޓޭންކަރަކީ ރާއްޖޭގެ ހަކަތައިގެ ސަޕްލައި މެދުނުކެނޑި ކުރިއަށް ގެންދިއުމަށްޓަކައި އެޅުނު ވަރަށް ވަރުގަދަ ފިޔަވަޅެއް ކަަމަށެވެ.
އެސްޓީއޯ އިން އެމްޓީ ނިއޯން ގަނެފައިވަނީ 2026 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ކުރީކޮޅު އެވެ. މިއީ 24,500 މެޓްރިކް ޓަނުގެ ތެޔޮ އުފުލުމުގެ ގާބިލުކަން ހުރި ބޯޓެކެވެ. މީގެ އިތުރުން އެސްޓީއޯގައި 22,000 މެޓްރިކް ޓަނުގެ އެހެން ބޯޓެއް ވެސް އޮވެ އެވެ.