ލަންކާ ސަރުކާރުން ތެލުގެ އަގު ކަނޑައެޅުމުގައި އޮޅުވާލުންތަކެއް !

ހަރުޝަ ކުރެއްވި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސަރުކާރުގެ ހިސާބުތަކަށް ބަލާއިރު 92 އޮކްޓޭން ޕެޓްރޯލް ފީފާއެއް 130 ޑޮލަރަށް އަދި އޮޓޯ ޑީސަލް ފީފާއެއް 180 ޑޮލަރަށް ލިބޭ ކަމަށް ބަލައިގެން އަގު ހަދާފައިވާ ކަމަށެވެ.

ލަންކާ ރައްޔިތުން ތެޔޮ ހޯދަން ކިޔޫގައި -- ފޮޓޯ : އޭޕީ

ސްރީލަންކާގެ މިހާރުގެ ރައީސް އަނޫރާ ކުމާރާ ސާނަޔަކަގެ ސަރުކާރުން ތެލުގެ އަގު ކަނޑައަޅަނީ ހަގީގީ އަގަށްވުރެ މަތީ އަގުތަކެއް "އަންދާޒާ" ކޮށްގެން ކަމަށާއި ސަބްސިޑީއަކީ ހަގީގީ އެއްޗެއް ނޫން ކަމަށް ވިދާޅުވެ އިދިކޮޅު މެންބަރު ހަރުޝަ ދި ސިލްވާ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

ހަރުޝަ ކުރެއްވި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސަރުކާރުގެ ހިސާބުތަކަށް ބަލާއިރު 92 އޮކްޓޭން ޕެޓްރޯލް ފީފާއެއް 130 ޑޮލަރަށް އަދި އޮޓޯ ޑީސަލް ފީފާއެއް 180 ޑޮލަރަށް ލިބޭ ކަމަށް ބަލައިގެން އަގު ހަދާފައިވާ ކަމަށެވެ. ނަމަވެސް މިއީ މިހާރު ބާޒާރުގައި ތެޔޮ ގަންނަން ލިބޭ އަގުތަކެއް ނޫން ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

މި މައްސަލައިގައި އޭނާ ފާހަގަކުރެއްވި މުހިންމު ކަންކަން

ލޭންޑަޑް ކޮސްޓް (ތެޔޮ އެތެރެކުރާ އަގު) - ސަރުކާރުން ބޭނުންކުރަނީ ހަގީގަތުގައި ތެޔޮ ގަތް އަގުގެ ބަދަލުގައި "އަންދާޒާ" ކުރެވިފައިވާ މަތީ އަގުތަކެކެވެ.

ހިޔާލީ ސަބްސިޑީ - ޕެޓްރޯލުން 20 ރުޕީސް އަދި ޑީސަލުން 100 ރުޕީސްގެ ސަބްސިޑީއެއް ދޭކަމަށް ސަރުކާރުން ބުނާއިރު، އެއީ މަތިކޮށްފައިވާ އަންދާޒީ އަގުތަކަކުން އުނިކުރާ އަދަދެއް ކަމުން، އެއީ ހަގީގީ ސަބްސިޑީއެއް ނޫން ކަމަށް ހަރުޝަ ތުހުމަތުކުރެއްވި އެވެ.

ކުރީގެ ސަރުކާރުން ބޭނުންކުރި "ފިއުލް ޕްރައިސިން ފޯމިއުލާ" އަށް ޖޭވީޕީ އިން ކުރިން ފާޑުކިޔައި އެ ފޯމިއުލާ އުވާލާނެ ކަމަށް ބުނި ނަމަވެސް މިހާރު ފެންނަނީ އަމިއްލަ ފައިދާއަށް އެ ފޯމިއުލާ އޮޅުވާލައިގެން ބޭނުންކުރާ މަންޒަރު ކަމަށް ހަރުޝަ ވިދާޅުވި އެވެ.

"އެއް ކަމަކީ މަންގަލަގެ ފޯމިއުލާ ބޭނުން ނުކުރާނަމޭ ބުނުން. އެކަމަކު އަމިއްލަ ފަސޭހައަށް އެ ފޯމިއުލާ އޮޅުވާލައިގެން ބޭނުންކުރުމަކީ މުޅިން ތަފާތު ކަމެއް. ކަންޗަނާ ވިޖޭސޭކަރަ ކަންކަން ކުރެއްވީ ދެފުށް ފެންނަ ގޮތަށް، އެ ހިތްވަރު މި ސަރުކާރުގައި ނެތީތަ؟،" ހަރުޝަ ސުވާލު އުފެއްދެވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.