ތެލުގެ ރިޒާވް ގާއިމްކުރަނީ ހަތަރު އަހަރަށް ބަހާލައިގެން ތިން ސަރަހައްދެއްގައި : ރައީސް

ރައީސް ޑރ. މުއިއްޒު ވިދާޅުވީ ތެލުގެ ރިޒާވްއެއް ގާއިމްކުރަން ސަރުކާރުން ޕްލޭންކޮށްފައިވަނީ ހަތަރު އަހަރު ދުވަހުގެ ޕްލޭނެއްގެ ދަށުން ތިން ސަރަހަދެއްގައި މިކަން ކުރުމެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ރިޔާސީ ބަޔާން އިއްވަނީ --

ރާއްޖޭގައި ތެލުގެ ރިޒާވް ގާއިމް ކުރަން ސަރުކާރުން މަސައްކަތް ކުރަނީ ހަތަރު އަހަރުގެ ޕްލޭނެއްގެ ދަށުން ތިން ސަރަހައްދެއް ހާއްސަކޮށްގެން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ކޮންމެ ހަފުތާއެއްގެ ހޯމަ ދުވަހު ރައީސް ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ސޮވްރިން ޑިވްލޮޕްމަންޓް ފަންޑް (އެސްޑީއެފް) ފަދަ ތެލުގެ ރިޒާވެއް ރާއްޖޭގައި އުފައްދަން ޖެހޭ ކަމަށާ، އެކަމަށް ސަރުކާރުން މަސައްކަތް ފަށަން ނިންމާފައިވާ ކަމަށެވެ. އެގޮތުން މިވަގުތު އެކަމަށްޓަކައި ކުރަން ޖެހޭ ދިރާސާތައް ހަދަން ފަށާފައިވާކަން ރައީސް ފާހަގަ ކުރެއްވި އެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވީ ތެލުގެ ރިޒާވްއެއް ގާއިމްކުރަން ސަރުކާރުން ޕްލޭންކޮށްފައިވަނީ ހަތަރު އަހަރު ދުވަހުގެ ޕްލޭނެއްގެ ދަށުން ތިން ސަރަހަދެއްގައި މިކަން ކުރުމެވެ.

"މިކަމަށް ގާތްގަނޑަކަށް [އަންދާޒާ ކުރެވޭ ގޮތުގައި] 150 މިލިއަން ޑޮލަރު އިންވެސްޓްމަންޓް ހަދަން ޖެހޭ. އެކަމަށް މަސައްކަތް ކުރާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވަނީ އެއް އަހަރު ދުވަހުގެ ތެލުގެ ރިޒާވެއް ގާއިމް ކުރަން މަސައްކަތް ފަަށާފައިވާ ކަމަށެވެ. 

ރާއްޖެއަކީ ތެލަށް ބަރޯސާވެފައިވާ ގައުމަކަށްވުމާއެކު އެންމެ ފުރަތަމަ ދުނިޔޭގައި ހިނގާ ކަމަކުން ހާއްސަން އަންނަނީ ތެލަށެވެ. އަދި ކޮންމެ އަހަރަކު ރާއްޖެއަށް 900 މިލިއަން ޑޮލަރުގެ ތެޔޮ ރާއްޖެއަށް އެތެރެކުރަން ޖެހެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.