އީރާނު ހަނގުރާމަ | ރާއްޖެއަށް އަސްކަރީ ނުރައްކަލެއް ނެތް

"މި ހަނގުރާމަ އާ ގުޅިގެން ރާއްޖެއަށް މިވަގުތު އަސްކަރީ އެއްވެސް ނުރައްކަލެއް ނެތް،" ޣައްސާން ވިދާޅުވި އެވެ.

މެދުއިރުމަތީގައި ހިންގަމުންދާ ވަރުގަދަ ހަނގުރާމައިގެ ތެރޭގައި، ރާއްޖެއަށް މި ވަގުތު އަސްކަރީ ނުރައްކަލެއް ނެތް ކަމަށް ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.

އެމެރިކާ އާއި އިޒްރޭލުން ދެމުންދާ ހަމަލާތަކުގެ ރައްދުގައި އީރާނުން ވެސް ދަނީ އިޒްރޭލާއި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ވަރުގަދަ ހަމަލާތައް ދެމުންނެވެ.

މިގޮތުން، ޗާގޯސްގެ އެންމެ ބޮޑު ރަށްކަމަށްވާ ޑިއޭގޯ ގާސިއާ (ފޯޅަވަހި)ގައި ހުރި އެމެރިކާ އާއި ޔޫކޭގެ އަސްކަރީ މަރުކަޒަށް އީރާނުން ވައިގެ ހަމަލާތަކެއް އަމާޒުކުރިކަމުގެ ރިޕޯޓުތަކެއް ވަނީ ފެތުރިފަ އެވެ.

އެއާ އެކު ރާއްޖެއަށް ހަމަލާއެއް އަމާޒުވެދާނެކަމުގެ ކަންބޮޑުވުން ސޯޝަލް މީޑިޔާގައި ވެސް ދަނީ ފާޅުކުރަމުންނެވެ.

ހަނގުރާމައާ ގުޅިގެން ފިޔަވަޅުތައް އެޅުމަށް އެކުލަވާފައިވާ ވަޒީރުންގެ ހާއްސަ ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑިފެންސް މިނިސްޓަރު ޣައްޒާން ވަނީ އެފަދަ ނުރައްކަލެއް ރާއްޖެއަށް ނެތް ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.

"މި ހަނގުރާމަ އާ ގުޅިގެން ރާއްޖެއަށް މިވަގުތު އަސްކަރީ އެއްވެސް ނުރައްކަލެއް ނެތް،" ޣައްސާން ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.