ޓޫރިޒަމް ހިންގަން ފިޔަވަޅުތަކެއް | އިތުރު ދެ ވިސާއެކާއެކު ސްޕެއާ ފިޝިންއަށް ހުއްދަ ދެނީ

ޓޫރިޒަމް މިނިސްޓްރީން ދަނީ ވިސާ އިތުރު ކުރަން ފަސޭހަ ކުރަން މަސައްކަތް ފަށާފަ އެވެ. އަދި "ރިމޯޓް ވޯކިން ވިސާ" އާއި "ކޮންޓެންޓް ކްރިއޭޓަރު" ނަށް ވިސާއެއް ދޭން ވަނީ ނިންމާފަ އެވެ.

ޓޫރިޒަމް މިނިސްޓަރު ތޯރިގު މިއަދު ވީއައިއޭގައި ޓޫރިސްޓުންނާ ވާހަކަ ދައްކަަނީ -- ފޮޓޯ : ޓޫރިޒަމް

ޓޫރިޒަމް ހިންގަން އިތުރު ފިޔަވަޅުތަކެއް އެޅުމުގެ އިތުރުން ދިގު މުއްދަތުގައި މަސައްކަތް ކުރަން އަންނަ މީހުންނަށް ހާއްސަ ވިސާއަކާއި ކޮންޓެންޓް ކްރިއޭޓަރުންނަށް ވިސާއެއްގެ އިތުރުން ސްޕެއާ ފިޝިން އަށް ހުއްދަ ދޭން ތައްޔާރު ވެއްޖެ އެވެ. 

ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ލިބެމުންދާ ގެއްލުންތަކުން ސަލާމަތް ކުރަން އަޅަމުންދާ ފިޔަވަޅުތަކާ ބެހޭ ގޮތުން ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވީ މިހާރު އޮން އެރައިވަލް ވިސާގެ ގޮތުގައި ދޭ 30 ދުވަސް އިތުރު ކުރެވޭނެ ފަސޭހަ ގޮތްތަކެއް ހެދުމުގެ އިތުރުން "ރިމޯޓް ވޯކިން ވިސާ" އާއި "ކޮންޓެންޓް ކްރިއޭޓަރު" ނަށް ވިސާއެއް ދޭން ވަނީ ނިންމާފަ އެވެ. 

"ރިމޯޓް ވޯކް ކުރަން އަންނަ ފަރާތްތައް، މިއީ ހާއްސަކޮށް ގެސްޓްހައުސް ހިންގާ ފަރާތްތަކަށް ގެނެވިއްޖެނަމަ ފައިދާތަކެއް ކުރާނެ،" ތޯރިގު ވިދާޅުވި އެވެ. 

މިނިސްޓަރު އިތުރަށް ވިދާޅުވީ ސްޕޯޓްސް ފިޝިން އާއި ބިންގޭމް ފިޝިން ރެގިއުލޭޓް ކުރުމުގެ އިތުރުން ސްޕެއާ ފިޝިންއަށް ހުއްދަ ވަރަށް އަވަހަށް ދެވިގެންދާނެ އެވެ. މީގެ އިތުރުން ޓެކްނިކަލް ރެކްރިއޭޝަނަލް ޑައިވިންގެ ގޮތުގައި 30 މީޓަރަށްވުރެ ފުނަށް ފީނޭ ގޮތަށް ހުއްދަ ދޭނެ އެވެ. 

"ސްޕޯޓްސް ފިޝިންގެ ސްޕެއާ ފިޝިން 40 އަހަރުވެއްޖެ މަނާ ކޮށްފަ އޮންތާ. ނަމަވެސް އެކަމަށް ހުއްދަ ދޭނެ. އަދި ޗާޓަރު ސުޕަޔޮޓްތަކަށް ވެސް ފަސޭހައިން ގެނެސް، ފަސޭހައިން ޓްރެވަލް ކުރަން ހުއްދަ ދެވިގެންދާނެ. އަދި ރިސާޗް ކުރަން އަންނަ ފަރާތްތަކަށް ފަސޭހައިން އައިސް ތިބެވޭނެ ގޮތްވެސް ހަމަޖެހިގެންދާނެ،" ތޯރިގު ވިދާޅުވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.