ކަސްޓަމްސްއިން މިއަދު ބުނީ މިދިޔަ ހުކުރު ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެތެރެކުރަން އުޅެނިކޮށް އަތުލައިގަތީ 5،370 ގްރާމުގެ ކެނަބިސް ފަތާއި 6،590 ގްރާމުގެ ހަޝިޝް އޮއިލް ކަމަށެވެ.

ރާއްޖެ އަށް ވައިގެ މަގުން އެތެރެކުރަން އުޅުނު 11 ކިލޯ އަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފި އެވެ.
ކަސްޓަމްސްއިން މިއަދު ބުނީ މިދިޔަ ހުކުރު ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެތެރެކުރަން އުޅެނިކޮށް އަތުލައިގަތީ 5،370 ގްރާމުގެ ކެނަބިސް ފަތާއި 6،590 ގްރާމުގެ ހަޝިޝް އޮއިލް ކަމަށެވެ.
އެ މަސްތުވާތަކެތީގެ އަގު 9.6 މިލިއަން ރުފިޔާއަށް ވުރެ މަތި ކަމަށް ކަސްޓަމްސް އިން ބުންޏެވެ.
މި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރު ކުރި ނޭންގެ އެވެ. އަދި އިތުރު ތަފްސީލުވެސް ހާމަކޮށްފައެއް ނުވެ އެވެ.