މި މަސައްކަތުގެ ދަށުން އެސްޓީއޯގެ "ނިއޯން" އަދި "އަލިމަސް" ތެޔޮ ޓޭންކަރުން ރާއްޖެއަށް މިމަހުު ތެޔޮ ވަނީ ގެނެސްފަ އެވެ. އަދި އަންނަ މަހު ކުރީކޮޅު ސިންގަޕޫރުން އިތުރު ތެޔޮ / ގޭސް ބޯޓެއް އަންނާނެ އެވެ.

ހަނގުރާމައާ ގުޅިގެން ރާއްޖެއަށް ބޭނުންވާ ތެޔޮ ޔަގީންކުރަން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން އެސްޓީއޯ ދެ ބޯޓު ހުސްކޮށް އަންނަ މަހު ކުރީކޮޅު އިތުރު ދެ ބޯޓު އަންނާނެ ކަމަށް ސަރުކާރުން ބުނެފި އެވެ.
އީރާނަށް އިސްރާއިލް- އެމެރިކާ އިން އިސްވެ ހަމަލާ ދިނުމާއެކު ފެށިގެން ދިޔަ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ބޭނުންވާ ތެޔޮ ޔަގީން ކުރަން ކުރަމުންދާ މަސައްކަތްތަކާ ބެހޭ ގޮތުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ މި ހަނގުރާމައާ ގުޅިގެން ރާއްޖެއަށް ބޭނުންވާ ތެލާއި ގޭސް ޔަގީންކުރަން ގިނަ މަަސައްކަތްތަކެއް ދަނީ ކެނޑިނޭޅި ކުރަމުންނެވެ.
މި މަސައްކަތުގެ ދަށުން އެސްޓީއޯގެ "ނިއޯން" އަދި "އަލިމަސް" ތެޔޮ ޓޭންކަރުން ރާއްޖެ އަށް މިމަހުު ތެޔޮ ވަނީ ގެނެސްފަ އެވެ. އަދި އަންނަ މަހު ކުރީކޮޅު ސިންގަޕޫރުން އިތުރު ތެޔޮ / ގޭސް ބޯޓެއް ރާއްޖެ އަންނާނެ އެވެ.
"މިއާއެކު އުންމީދު ކުރަނީ ރާއްޖެ އަށް ތެޔޮ ލިބުމުގައި މި ވަގުތު އެއްވެސް ދައްޗެއް ނެތި ތެޔޮ ލިބޭނެ ކަމަށް،" ޒަމީރު ވިދާޅުވި އެވެ.
ފިނޭންސް މިނިސްޓަރު ޒަމީރު ވިދާޅުވީ މިހާރު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހުރީ ފީފާއެއް 160 ޑޮލަރުގައި ކަމަށާ، މިހާރު ހަނގުރާމަ ކުރިއަށްދާ ގޮތުން އަވަހަށް ހުއްޓޭނެ ކަމަށް ނުބެލެވެ އެވެ.އެހެންވެ ކުރިއަށް އޮތް ހަ މަސް ދުވަހަށް ބަލައިގެން ދަނީ ސަރުކާރުން ޕްލޭންތަކެއް ހަދަމުންނެވެ. އަދި މިހާރު ތެލުގެ އަގު މަތިވަމުން ދިޔަނަމަވެސް ރާއްޖޭގައި ތެލުގެ އަގު ބޮޑު ކުރުމުގެ ވިސްނުމެއް ނެތެވެ.
މިނިސްޓަރު ޒަމީރު ވިދާޅުވީ ރައީސްގެ މިވަގުތުގެ އިރުޝާދަކީ ހަމައެކަނި އެއް ދިމާލަށް ބަރޯސާވުމުގެ ބަދަލުގައި އެކި ދިމަދިމާލުން ތެޔޮ ގެނައުމެވެ.
"އެ މަސައްކަތުގެ ދަށުން ސިންގަޕޫރު، މެލޭޝިއާ ސައިޑުންވެސް މާރިޗު [އަންނަ މަހު 3 ] ގައި ތެޔޮ އަންނާނެ،" ޒަމީރު ވިދާޅުވި އެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވީ މެދުއިރުމަތީގެ އިތުރުން އެހެން ދިމާލުން ތެޔޮ ހޯދަން ވަނީ ރަނގަޅު ނަތީޖާތަކެއް ވެސް ލިބިފަ އެވެ. މީގެ އިތުރުން ރާއްޖޭގެ ތެލުގެ ސްޓޯރޭޖް އިތުރު ކުރަމުންވެސް ދަނީ ފިޔަވަޅުތަކެއް ދަނީ އަޅަމުންނެވެ.