އެމްޓީސީސީ ޓެކްސީ ލައިނަށް ޑްރައިވަރުން ހޯދަން ވޯކް-އިން އިންޓަވިއުއެއް

އެމްޓީސީސީން ކުރި އިއުލާނެއްގައި ބުނެފައި ވަނީ މާދަމާ ހެނދުނު 10:00 އިން ހަވީރު 4:00 އަށް މާފަންނު ބަސް ޓާމިނަލްގައި ވޯކް-އިން އިންޓަވިއު ކުރިއަށް ދާނެ ކަމަށެވެ.

ސަރުކާރުން ފަށަން ތައްޔާރުވާ ޓެކްސީގެ ކުރެހުމެއް

ސަރުކާރުން ފަށަން ތައްޔާރުވަމުންދާ ޓެކްސީ ލައިނަށް ޑްރައިވަރުން ހޯދުމަށް އަނެއްކާވެސް ވޯކް-އިން އިންޓަވިއުއެއް ބާއްވަން ނިންމައިފި އެވެ.

މިހިދުމަތް ދިނުމަށް ހަވާލުކޮށްފައި ވަނީ މިހާރުވެސް މާލެ ސަރަހައްދުގައި ޕަބްލިކް ޓްރާންސްޕޯޓުގެ ހިދުމަތް ދެމުންދާ އެމްޓީސީސީއާ އެވެ.

އެމްޓީސީސީން ކުރި އިއުލާނެއްގައި ބުނެފައި ވަނީ މާދަމާ ހެނދުނު 10:00 އިން ހަވީރު 4:00 އަށް މާފަންނު ބަސް ޓާމިނަލްގައި ވޯކް-އިން އިންޓަވިއު ކުރިއަށް ދާނެ ކަމަށެވެ.

މީގެ ކުރިން ވެސް ވޯކް-އިން އިންޓަވިއުއެއް ކުރިއަށް ގެންގޮސްފައިވާއިރު، އެމްޓީސީސީން ބުނެފައި ވަނީ ޖުމްލަ 407 ޑްރައިވަރުން ބޭނުންވާ ކަމަށެވެ. އޭގެތެރެއިން 122 ޑްރައިވަރުން ހޯދަނީ ޕާޓް ޓައިމްކޮށް މަސައްކަތް ކުރާ ގޮތަށެވެ.

ސަރުކާރުން ކުރިން ބުނެފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހު އެ ހިދުމަތް ފެށޭނެ ކަމަށެވެ. ނަމަވެސް ހިދުމަތް ފެށިފައެއް ނުވެ އެވެ.

އެމްޓީސީސީއިން ޓެކްސީގެ ހިދުމަތް ފަށަނީ ތިމާވެއްޓާ ރަހުމަތްތެރި އިލެކްޓްރިކް ވެހިކަލްސް ބޭނުންކޮށްގެންނެވެ. އަދި މި ހިދުމަތަކީ 24 ގަޑިއިރު ދޭނެ ހިދުމަތަކަށްވާނެ ކަމަށް އެމްޓީސީސީ އިން ބުނެފައިވެ އެވެ. ޓްރާންސްޕޯޓް މިނިސްޓްރީން ފުރަތަމަ މި ހިދުމަތް ފަށަން އުޅުނީ މިދިޔަ އަހަރު އެވެ. ނަމަވެސް މިކަމަށް ގެންނަ ހާއްސަ އުޅަނދުތަކެއް ބޭނުންވާތީ އެ ތައްޔާރު ކުރަން ވަގުތު ނަގާނެ ކަމަށް ޓްރާންސްޕޯޓް މިިނިސްޓްރީން ބުނެފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.