އެ ގައުމުގެ ނޫސްތަކުން ބުނާ ގޮތުގައި މިހާރު އައިސްފައިވާ ބަދަލާއެކު ކާށިތެޔޮ ލީޓަރު ފުޅިއެއްގެ އަގު ވަނީ 5 އާއި 8 ބާތާ ދެމެދުގެ މިންވަރަކަށް އުފުލިފަ އެވެ.

މެދުއިރުމަތީގައި ފެށިފައިވާ ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމުން ތައިލެންޑް ބާޒާރުގައި ތަކެތީގެ އަގު ބޮޑުވަން ފަށައިފި އެވެ.
ތައިލެންޑުގެ ނޫސްތަކުގައިވާ ގޮތުން ތެލުގެ އަގާއި ދަތުރުފަތުރުގެ ޚަރަދުތައް ބޮޑުވުމުގެ ސަބަބުން ތައިލެންޑުގައި ޒަރޫރީ މުދަލުގެ އަގުތައް އުފުލުމުގެ ބިރު ވަނީ ބޮޑުވެފައެވެ. ވަކިން ހާއްސަކޮށް ކެއްކުމަށް ބޭނުންކުރާ ކާށިތެޔޮ އަދި ފުޅީގައި ބަންދުކުރި ފެނުގެ އަގު ވަނީ ބޮޑުވާން ފަށާފަ އެވެ.
އެ ގައުމުގެ ނޫސްތަކުން ބުނާ ގޮތުގައި މިހާރު އައިސްފައިވާ ބަދަލާއެކު ކާށިތެޔޮ ލީޓަރު ފުޅިއެއްގެ އަގު ވަނީ 5 އާއި 8 ބާތާ ދެމެދުގެ މިންވަރަކަށް އުފުލިފަ އެވެ. މީގެ އިތުރުން، ޕްލާސްޓިކްގެ އަގު ބޮޑުވުމުގެ ސަބަބުން ބަންދުކުރި ފެނުގެ ހޯލްސޭލް އަގުވެސް ވަނީ މައްޗަށް ގޮސްފަ އެވެ.
މީގެ އިތުރުން އަގު އުފުލެން ދިމާވި އަނެއް ސަބަބަކީ ސަރުކާރުގެ ބައެއް ސިޔާސަތުތަކުގެ ސަބަބުން ކާށިތެޔޮ ބަޔޯޑީސަލް އުފެއްދުމަށް ބޭނުންކުރަން ފެށިމެވެ. މީގެ އިތުރުން ޕްލާސްޓިކް ފުޅި އުފެއްދުމަށް ހިނގާ ޚަރަދު ބޮޑުވާއި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާއި ދަތުރުފަތުރުގެ ޚަރަދު އިތުރުވުމެވެ.
ތައި ކޮމާސް މިނިސްޓްރީން ދަނީ އަންނަ އޭޕްރީލް މަހާ ހަމައަށް އަގުތައް އެއްވަރެއްގައި ހިފެހެއްޓުމަށް މަސައްކަތް ކުރަމުންނެވެ. އަދި ބޮޑެތި ކުންފުނިތަކާ މަޝްވަރާކޮށް، މުދާ ހުސްނުވެ ލިބޭނެކަމުގެ ޔަގީންކަން ވަނީ ހޯދާފަ އެވެ. މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ސަޕްލައި ޗެއިނަށް ބުރޫއަރައި، ކުރިއަށް އޮތް ތަނުގައި އަގުތައް އިތުރަށް ބޮޑުވެދާނެ ކަމުގެ އިންޒާރު ދަނީ ދެމުންނެވެ.