ކިއުބާ ކަނު އަނދިރީގައި އޮންނަތާ ދެ ހަފުތާ، އެކަމު އެމެރިކާއަށް ބޮލެއް ނުލެނބި

ކިއުބާގެ މިނިސްޓްރީ އޮފް އެނާޖީ އެންޑް މައިންސްއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ގައުމީ ކަރަންޓުވިއުގަ މުޅިން ވަކިވެފައިވާ ކަމަށާއި، ނިޒާމު އަލުން އިއާދަކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

ކިއުބާ ކަނު އަނދިރީގައި : އެ ގައުމުގެ ރައްޔިތުން ބޯލަނބުވަން އެމެރިކާއިން ދަނީ މަަސައްކަތް ކުރަމުން -- އޭއެފްޕީ

ކިއުބާއަށް ތެޔޮ އެތެރެވުން އެމެރިކާއިން ހުއްޓުވުމާއެކު ކިއުބާގެ މުޅި ގައުމަށް ކަރަންޓު ފޯރުކޮށްދޭ މައި ނިޒާމު ނިޒާމު ހޮނިހިރު ދުވަހުގެ ރޭ މުޅިން ހުއްޓި، މުޅި ރަށް އަނިދީގައި އޮތްނަމަވެސް އެ ގައުމުގެ ރައްޔިތުން އެމެރިކާއަށ ބޯނުލެނބި އެވެ. 

މިއީ މިދިޔަ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ކިއުބާގެ ކަރަންޓުވިއުގަ މިގޮތަށް މުޅިން ހުއްޓުނު ތިންވަނަ ފަހަރެވެ.

ކިއުބާގެ މިނިސްޓްރީ އޮފް އެނާޖީ އެންޑް މައިންސްއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ގައުމީ ކަރަންޓުވިއުގަ މުޅިން ވަކިވެފައިވާ ކަމަށާއި، ނިޒާމު އަލުން އިއާދަކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. މި ހާދިސާއާ ގުޅިގެން 10 މިލިއަނަށްވުރެ ގިނަ މީހުންނަށް ކަރަންޓުގެ ހިދުމަތް ވަނީ މެދުކެނޑިފަ އެވެ.

މި ފަހުގެ ކަރަންޓު ކެނޑުންތަކަކީ ކިއުބާގެ ހަކަތައިގެ ނިޒާމަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެކެވެ. މީގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި  ވެނެޒުއޭލާގެ ރައީސް ނިކޮލަަސް މަދޫރޯ މިދިޔަ ޖެނުއަރީ މަހު އެމެރިކާގެ ބާރުގެ ދަށަށް ގެންދިޔުމާ ގުޅިގެން، ވެނެޒުއޭލާއިން ކިއުބާއަށް ފޮނުވާ ތެޔޮ ވަނީ ހުއްޓިފައެވެ. 

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ކިއުބާއަށް ތެޔޮ ފޯރުކޮށްދޭ ކޮންމެ ގައުމަކާ ދެކޮޅަށް ޓެރިފް ކަނޑައަޅާނެ ކަމުގެ އިންޒާރު ދެއްވާފަ އެވެ. މީގެ ސަބަބުން މެކްސިކޯ ފަދަ ގައުމުތަކުން ވެސް ވަނީ ތެޔޮ ސަޕްލައި ކުރުން ހުއްޓާލާފައެވެ.
ކިއުބާގެ ކަރަންޓު އުފައްދާ މަރުކަޒުތަކަކީ ވަރަށް ދުވަސްވީ ތަންތަނަށް ވުމުން، މަރާމާތު ކުރުމަށް ބޭނުންވާ ސާމާނު ނުލިބި ހިދުމަތް މެދުކެނޑުން ވަނީ އާންމުވެފަ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދާދި ފަހުން ވައިޓް ހައުސްގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، ކިއުބާ "ހިފުމަކީ" އޭނާއަށް ލިބޭނެ ބޮޑު ޝަރަފެއް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ކިއުބާއަކީ މިހާރު ވަރަށް ބަލިކަށިވެފައިވާ ގައުމެކެވެ.

މި ވާހަކަތަކަށް ރައްދު ދެއްވަމުން ކިއުބާގެ ރައީސް މިގޭލް ޑިއާޒް-ކާނެލް ވިދާޅުވީ، އެމެރިކާއިން ކިއުބާއަށް ހަމަލާއެއް ދީފާނެ ކަމަށް ބަލައި ގައުމު އޮތީ ތައްޔާރީ ހާލަތެއްގައި ކަމަށެވެ. ނަމަވެސް، ތެލުގެ ދަތިކުރުންތައް ނައްތާލުމަށްޓަކައި އެމެރިކާއާއެކު މަޝްވަރާތައް ކުރަމުންދާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.