މަގު ހަދާތީ ބޭރު މަގުގެ ބައެއް ބަންދުކޮށް، ޓްރެފިކް ފްލޯއަށް ބަދަލުތަކެއް

ރޭ ފުލުހުން އާންމު ކުރި ޗާޓުން ފެންނަ ގޮތުގައި، ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ޗާންދަނީ މަގާ ހަމައަށް މިރެއިން ފެށިގެން މަގު ބަންދުވާނެ އެވެ. އަދި އެ ދޭތެރޭގައި ބޭރު މަގަށް ވަދެވޭ ގޮތަށް އޮންނަ ހުރަސް މަގުތައް ވެސް ބަންދުވާނެ އެވެ.

ފުލުހުން އާންމުކުރި ޗާޓު --

މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ތިންވަނަ ފިޔަވަހީގެ ދަށުން ރަސްމީ ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލްއާ ހަމައަށް މަގު ފުޅާކުރުމުގެ މަސައްކަތް ކުރުމަށް އެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެނެސްފި އެވެ.

ބޮޑުތަކުރުފާނު މަގު ފުޅާ ކުރުމުގެ މަޝްރޫއުގެ ދަށުން ސެގްމެންޓް 2 އިން 5 އަށްވާ ސަރަހައްދުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ އެވެ.

ފުލުހުން ބުނީ އެހެންކަމުން މިރޭ 12:00 އިން ފެށިގެން އެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެނެސް، އާންމު ދަތުރުފަތުރަށް ބަންދުކުރާނެ ކަމަށެވެ.

ރޭ ފުލުހުން އާންމު ކުރި ޗާޓުން ފެންނަ ގޮތުގައި، ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ޗާންދަނީ މަގާ ހަމައަށް މިރެއިން ފެށިގެން މަގު ބަންދުވާނެ އެވެ. އަދި އެ ދޭތެރޭގައި ބޭރު މަގަށް ވަދެވޭ ގޮތަށް އޮންނަ ހުރަސް މަގުތައް ވެސް ބަންދުވާނެ އެވެ.

އަދި ކުރިން ބޮޑުތަކުރުފާނު މަގުގެ ފަހަތު މަގުން ގޮސް ބާސެލޯ ނަސަންދުރަ ކައިރިން ބޭރު މަގަށް ނިކުމެވޭ ގޮތަށް އޮތް އޮތުމުގެ ބަދަލުގައި، އެ މަގުން އެތެރެއަށް ވަދެވޭ ގޮތަށް ހަދަން ވަނީ ނިންމައިފަ އެވެ.

ފުލުހުން ވަނީ ބަންދުކުރާ ސަރަހައްދުގައި ޕާކުކޮށްފައި ހުރި އުޅަނދުތައް ނެގުމަށް ވެސް އަންގާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.