މި ހަމަލާއާ ގުޅިގެން އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ވިދާޅުވީ މިއީ ގައުމުގެ މުސްތަގުބަލަށްޓަކައި ކުރާ މަސައްކަތުގައި ކުރިމަތިވި ވަރަށް އުނދަގޫ ރެއެއް ކަމަށެވެ.

އިސްރާއީލުގެ ދެކުނުގައި އޮންނަ ޑިމޯނާ ސަރަހައްދުގައި ހުންނަ ނިއުކްލިއާ ރިސާޗް ސެންޓަރަށް އަމާޒުކޮށް އީރާނުން މިސައިލް ހަމަލާތަކެއް އަމާޒު ކުރުމުން އެ ގައުމުގެ ލާއިންސާނީ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ހާސްކަމުގެ ތެރެއަށް ވެއްޓިއްޖެ އެވެ.
މި ހަމަލާއާ ގުޅިގެން އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ވިދާޅުވީ މިއީ ގައުމުގެ މުސްތަގުބަލަށްޓަކައި ކުރާ މަސައްކަތުގައި ކުރިމަތިވި ވަރަށް އުނދަގޫ ރެއެއް ކަމަށެވެ. މި ހަމަލާގައި 12 އަހަރުގެ ކުއްޖަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާއިރު، ޖުމްލަ 60 އަށްވުރެ ގިނަ މީހުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް އެ ގައުމުގެ ރިޕޯޓުތައް ބުނެ އެވެ. އާއްމުކޮށް އީރާނުން ދޭ ހަމަލާތަކުގައި މަރުވަނީ އާއްމުން ކަމަށް އިސްރާއިލުން ބުނެ އެވެ.
އީރާނުން ބުނާ ގޮތުގައި މި ހަމަލާއަކީ އެގައުމުގެ ނަތަންޒް ނިއުކްލިއާ މަރުކަޒަށް އިސްރާއީލުން ދިން ހަމަލާގެ ބަދަލު ހިފުމެކެވެ. ނަމަވެސް އިސްރާއީލުން ވަނީ ނަތަންޒް ހަމަލާގެ ޒިންމާ އުފުލަން ދެކޮޅު ހަދާފައެވެ.
މި ހަމަލާއާ ގުޅިގެން ބައިނަލްއަގުވާމީ ނިއުކްލިއާ ހަކަތައާ ބެހޭ އެޖެންސީ (އައިއޭއީއައިއޭ) އިން ވަނީ ހުރިހާ ފަރާތްތަކަކުން ކެތްތެރިކަން އިސްކުރުމަށް ގޮވާލާފަ އެވެ. އެ ޖަމިއްޔާއިން ބުނެފައިވާ ގޮތުގައި ޑިމޯނާ ސިޓީއަށް މިސައިލް ހަމަލާތަކެއް އަމާޒުވި ނަމަވެސް، އިސްރާއީލުގެ 'ނެގެވް' ނިއުކްލިއާ ރިސާޗް ސެންޓަރަށް އެއްވެސް ގެއްލުމެއް ލިބިފައިވާ ކަމުގެ ނިޝާނެއް އަދި ފެންނާކަށް ނެތެވެ. އަދި އެ ސަރަހައްދުގެ ގައުމުތަކުން ލިބޭ މައުލޫމާތަށް ބަލާއިރު، ނުރައްކާތެރި މިންވަރަކަށް ރޭޑިއޭޝަން ބޭރުވެފައިވާ ކަމަށްވެސް ރިކޯޑު ކުރެވިފައެއް ނުވެއެވެ.