"މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، މި ހާދިސާ ހިނގަން މެދުވެރިވީ ކާފު އަތޮޅުގެ ރިސޯތެއްގެ ޕޫލަށް ވެއްޓި ގެނބިގެން،" ފުލުހުން ބުންޏެވެ.

ފުލުހުން މިރޭ ބުނީ މަރުވެފައިވަނީ ދެ އަހަރުގެ ފިރިހެން ކުއްޖެއް ކަމަށެވެ.
އެކުއްޖާ މާލޭގެ އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ހުކުރު ދުވަހުގެ ރޭ 12:54 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށްވެސް އެ ހިދުމަތުން ބުންޏެވެ.
"މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، މި ހާދިސާ ހިނގަން މެދުވެރިވީ ކާފު އަތޮޅުގެ ރިސޯތެއްގެ ޕޫލަށް ވެއްޓި ގެނބިގެން،" ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.