އީރާނަށް ހަމަލާދޭން ވާގިވެރިވުމުންވެސް ސީރިއާ ސިފައިންނަށް އިސްރާއިލުން ހަމަލާ ދީފި

ސޫރިޔާގެ ދެކުނުގައި ހުރި އެ ގައުމުގެ ސަރުކާރު ސިފައިންގެ ހަތިޔާރު ގުދަންތަކަށާއި ކޮމާންޑް ހެޑްކުއާޓަރަކަށް ރޭގަނޑުގެ ވަގުތެއްގައި ވަރުގަދަ ހަމަލާތަކެއް ދީފައިވާ ކަމަށް އިސްރާއީލްގެ އަސްކަރިއްޔާ އިން ހުކުރު ދުވަހު ވަނީ އިއުލާންކޮށްފަ އެވެ.

ސީރިއާ ސިފައިންގެ މަރުކަޒަށް ދިން ހަމަލާގައި ގެއްލުންވެފައި

އީރާނަށް ހަމަލާދޭން ސީރިއާގެ ވައިގެ ސަރަހައްދު ޖާގަ ދިނުމުންވެސް އެ ގައުމުގެ ސިފައިންގެ މަރުކަޒުތަކަށް އިސްރާއިލުން ބޮން އަޅައި ގެންލުން ދީފި އެވެ. 

ސޫރިޔާގެ ދެކުނުގައި ހުރި އެ ގައުމުގެ ސަރުކާރު ސިފައިންގެ ހަތިޔާރު ގުދަންތަކަށާއި ކޮމާންޑް ހެޑްކުއާޓަރަކަށް ރޭގަނޑުގެ ވަގުތެއްގައި ވަރުގަދަ ހަމަލާތަކެއް ދީފައިވާ ކަމަށް އިސްރާއީލްގެ އަސްކަރިއްޔާ އިން ހުކުރު ދުވަހު ވަނީ އިއުލާންކޮށްފަ އެވެ. 

އިސްރާއީލުން ބުނާ ގޮތުގައި މި ހަމަލާއަކީ ސޫރިޔާގެ ދެކުނުގައި އޮންނަ ސުވައިދާ ގަވަރްނަރޭޓްގައި ދިރިއުޅޭ "ދުރޫޒް" ދަރިކޮޅުގެ މީހުންނަށް އަމާޒުކޮށް ދިން ހަމަލާތަކަކަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާއެކެވެ. 

އިސްރާއީލްގެ ދިފާއީ ވަޒީރު އިސްރާއީލް ކަޓްޒް ވިދާޅުވީ އީރާނާއި ހިޒްބުﷲ އާ ދެކޮޅަށް ކުރާ ހަނގުރާމައިގެ ނާޖާއިޒު ފައިދާ ނަގައިގެން ދުރޫޒް ދަރިކޮޅުގެ މީހުންނަށް އަނިޔާވެރިވުމުގެ ފުރުސަތު ސޫރިޔާގެ ސަރުކާރަށް ނުދޭނެ ކަމަށެވެ.

މި ތުހުމަތުތަކާ ގުޅިގެން ސޫރިޔާގެ ސަރުކާރުން ބުނެފައިވަނީ، އެ ގައުމުގެ ހުރިހާ ދަރިކޮޅަކަށް ވެސް ހަމަހަމަ ހައްގުތައް ކަށަވަރުކޮށްދޭ ކަމަށެވެ. އަދި އިސްރާއީލުން ދުރޫޒް މީހުންގެ ނަން ބޭނުންކުރަނީ ސޫރިޔާގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަދެގަތުމަށް ބޭނުންކުރާ ބަހަނާއެއްގެ ގޮތުގައި ކަމަށްވެސް ދިމިޝްގުން ތުހުމަތުކުރެއެވެ. ސޫރިޔާގެ ސަރުކާރުން ބުނާ ގޮތުގައި އިސްރާއީލުން ދެމުންދާ މިފަދަ ހަމަލާތަކުގެ ސަބަބުން ގައުމުގެ ހަމަޖެހުން ގާއިމުކުރުމަށާއި، އިގްތިސާދު ކުރިއެރުވުމަށް ކުރާ މަސައްކަތްތަކަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެއެވެ.

ރައީސް ބައްސާރުގެ ވެރިކަން ވެއްޓުމާއެކު އިސްރާއިލުން  ވަނީ ސީރިއާގެ ވައިގެ ބާރުއެއްކޮށް ހަލާކުކޮށްލައި އަސްކަރީ ގާބިލްކަން ބަލިކަށިކޮށްލާފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.