އެ އެންމެންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާއިރު، ކާރު ދުއްވަން އިން މީހާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އައްޑޫ ސިޓީގެ ހިއްކި ސަރަހައްދުގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ފުރުޅާލައި، އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެ އެވެ.
ފުލުހުން ބުނީ މިއަދު ހަވީރު 16:50 ހާއިރު ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ އެ ކާރުގައި ހަތަރު މީހުން ތިބި ކަމަށެވެ.
އެ އެންމެންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާއިރު، ކާރު ދުއްވަން އިން މީހާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އަނިޔާވި އެންމެންނަށްވެސް މިހާރު ދަނީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.