އެމްޕީއެލްގެ ޓަގު ބޯޓަކާއި ލޯންޗެއް ޖެހި އެކްސިޑެންޓް ވެއްޖެ

އެކްސިޑެންޓް ހިނގި އިރު ލޯންޗްގައި ތިބީ ކެޕްޓަންގެ އިތުރުން ތިން ފަޅުވެރިންނެވެ. އެމީހުންނަށް އެއްވެސް އަނިޔާއެއް ލިބުނު ކަމެއް އަދި ޓަގު ބޯޓުގައި ހުރި މީހަކަށް އަނިޔާވި ކަމެއް ސާފެއް ނޫންނެވެ.

އެކްސިޑެންޓްވި ލޯންޗު -- ފޮޓޯ: އިރުވަރު

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ޓަގު ބޯޓަކާއި ލޯންޗެއް އެކްސިޑެންޓްވެ، ލޯންޗުގެ ކެޕްޓަނަށް އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގާފައި ވަނީ އެމްޕީއެލްއާ ދިމާ ބޭރުން، މިއަދު ހެނދުނު 10:39 ހާއިރު ކަމަށެވެ.

މި އެކްސިޑެންޓްގައި ލޯންޗުގެ ކެޕްޓަނަށް އަނިޔާވެގެން އައިޖީއެމްއެޗަށް ގެންގޮސް މިހާރު ދަނީ ފަރުވާ ދެމުންނެވެ. ކެޕްޓަނަށް ލިބުނު އަނިޔާ ސީރިއަސް ނޫން ކަމަށް މިހާތަނަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެކްސިޑެންޓް ހިނގި އިރު ލޯންޗްގައި ތިބީ ކެޕްޓަންގެ އިތުރުން ތިން ފަޅުވެރިންނެވެ. އެމީހުންނަށް އެއްވެސް އަނިޔާއެއް ލިބުނު ކަމެއް އަދި ޓަގު ބޯޓުގައި ހުރި މީހަކަށް އަނިޔާވި ކަމެއް ސާފެއް ނޫންނެވެ.

މި އެކްސިޑެންޓްގެ ސަބަބުން ލޯންޗަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

އެކްސިޑެންޓި ލޯންޗަކީ ތ. އަތޮޅުން މާލެއަށް ދަތުރުކުރާ "މަހުމާ އެކްސްޕްރެސް" ކިޔާ ލޯންޗެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.