އެމެރިކާ ގޮތް ހުސްވެ، ކުއްލި ރިޒާވުން ތެޔޮ ދޫކުރަން ފަށައިފި

މި ނިންމުމަކީ އިންޓަނޭޝަނަލް އެނަޖީ އެޖެންސީ (އައިއީއޭ) ގެ 32 ގައުމަކުން ގުޅިގެން، ދުނިޔޭގެ ބާޒާރަށް 400 މިލިއަން ފީފާގެ ތެޔޮ ނެރުމަށް ވެފައިވާ އެއްބަސްވުމުގެ ބައެކެވެ.

އީރާނާއެކު ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލެމުންދާތީ، އެމެރިކާގެ ކުއްލި ހާލަތްތަކުގައި ބޭނުންކުރާ ރިޒާވުން ތެޔޮ ދޫކުރަން ފަށައިފި އެވެ. 

މިއީ މިދިޔަ ހަފުތާގައި އެމެރިކާ ސަރުކާރުން ދޫކުރަން ނިންމި 86 މިލިއަން ފީފާގެ ތެލުގެ ތެރެއިން ފުރަތަމަ ބުރެވެ. މިއަހަރާއި އަންނަ އަހަރުގެ ނިޔަލަށް ޖުމްލަ 172 މިލިއަން ފީފާގެ ތެޔޮ ބާޒާރަށް ނެރުމަށް އެމެރިކާއިން ވަނީ އަމާޒު ހިފާފައެވެ. 

"ސްޓްރެޓީޖިކް ޕެޓްރޯލިއަމް ރިޒާވް"  އިން 45.2 މިލިއަން ފީފާގެ ސާފުނުކުރާ ތެޔޮ ކުންފުނިތަކަށް ލޯނެއްގެ ގޮތުގައި ދޫކޮށްފިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އިއުލާނުކޮށްފަ އެވެ. 

މި ނިންމުމަކީ އިންޓަނޭޝަނަލް އެނަޖީ އެޖެންސީ (އައިއީއޭ) ގެ 32 ގައުމަކުން ގުޅިގެން، ދުނިޔޭގެ ބާޒާރަށް 400 މިލިއަން ފީފާގެ ތެޔޮ ނެރުމަށް ވެފައިވާ އެއްބަސްވުމުގެ ބައެކެވެ. ފެބްރުއަރީ 28 ގައި އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައާ ގުޅިގެން، ތެލުގެ އަގު ވަނީ ފާއިތުވި ހަތަރު އަހަރު ތެރޭގައި ނުދާ މިންވަރަށް އުފުލިފަ އެވެ.

ތެޔޮ ދޫކުރަނީ "ސްވޮޕް" ނުވަތަ ބަދަލުކުރާ އުސޫލުންނެވެ. ތެޔޮ ލިބުނު ކުންފުނިތަކުން، ފަހުން އެ ތެޔޮ އަނބުރާ ދައްކާއިރު އިތުރު 18 އިންސައްތަ އާއި 22 އިންސައްތައާ ދެމެދުގެ އަދަދަކަށް "ޕްރީމިއަމް" ތެޔޮ ދައްކަން ޖެހެ އެވެ. 

އެނަޖީ ޑިޕާޓްމަންޓުން ބުނާ ގޮތުގައި މިއީ އެމެރިކާގެ ޓެކްސް ދައްކާ ރައްޔިތުންނަށް އެއްވެސް ބުރައެއް ނުޖެހޭ ގޮތަށް ބާޒާރު ހަމައަކަށް އެޅުވުމަށް އެކުލަވާލާފައިވާ ނިޒާމެކެވެ. މިހާރު އެމެރިކާގެ ރިޒާވްގައި ހުރީ 415 މިލިއަން ފީފާގެ ތެލެވެ. މުޅި މި މުއާމަލާތް ނިމޭއިރު، 172 މިލިއަން ފީފާ ދޫކޮށް، ކުންފުނިތަކުގެ އަތުން 200 މިލިއަން ފީފާ އަނބުރާ ލިބޭނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.