އިގްތިސޯދަށް އުންމީދެއް | ކޮންޑޯގެ ދަތުރުތައް ފަށަން ތައްޔާރު

ކޮންޑޯ އަކީ ރާއްޖެއަށް ސީދާ ދަތުރުތައް ފެށި އެންމެ ދުވަސްވީ އެއް އެއާލައިނެވެ. މި އެއާލައިނުން 1980 ގެ އަހަރުތަކުން ފެށިގެން އެ އެއާލައިނުން ދަނީ މެދުކެނޑުމެއް ނެތް ކަހަލަ ގޮތަކަށް ރާއްޖެއަށް އޮޕަރޭޓް ކުރަމުންނެވެ.

ޖަރުމަނުގެ ފްރެކްފަޓުން ރާއްޖެއަށް ދަތުރު ކުރާ ކޮންޑޯ

މިދުވަސްވަރު އެންމެ ބޭނުންވެފައިވާ ކަމަކީ އެއާލައިންގެ ދަތުރުތައް އިތުރު ކުރުމެވެ. މުޅި އިންޑަސްޓްރީން ވެސް މަސައްކަތް ކުރަނީ އެ ކަމަށެވެ. މި މަސައްކަތުގެ ދަށުން މިވަނީ ކުރިއަށް އޮތް ޔޫރަޕުގެ ހޫނު މޫސުމާ ދިމާކޮށް ކޮންޑޯ ފްލައިޓުން ދަތުރު ފަށަން ތައްޔާރުވެފަ އެެވެ. 

މި ދަތުރުތަކަކީ ކޮންޑޯގެ 2026 ވަނަ އަހަރުގެ ލޯންގް-ހޯލް ޝެޑިއުލްގެ ދަށުން ކުރާ ދަތުރުތަކެވެ. މި ދަތުރުކުރަނީ ޖަރުމަނުގެ ފްރެންކްފާާޓުން ރާއްޖޭގެ ވީއައިއޭށެވެ، މި އެއާލައިން ހަފުތާއަކު ހަތަރު ދުވަހު ދަތުރު ކުރާނެ އެވެ. މި ދަތުރުތައް ފަށަނީ މެެއި މަހު އެވެ. 

ކޮންޑޯ އެއާލައިންއިން ބުނެފައިވާ ގޮތުގައި މި ދަތުރުތައް ރާއްޖެއަށް ފަށަނީ ޖަރުމަނުގެ ޓްރެވަލް އެޖެންޓުންނާއި ޓުއާ އޮޕަރޭޓަރުންނާއެ އެވެ. 

ކޮންޑޯ އަކީ ރާއްޖެއަށް ސީދާ ދަތުރުތައް ފެށި އެންމެ ދުވަސްވީ އެއް އެއާލައިނެވެ. މި އެއާލައިނުން 1980 ގެ އަހަރުތަކުން ފެށިގެން އެ އެއާލައިނުން ދަނީ މެދުކެނޑުމެއް ނެތް ކަހަލަ ގޮތަކަށް ރާއްޖެއަށް އޮޕަރޭޓް ކުރަމުންނެވެ. މިއީ ރާއްޖެއަށް ޖަރުމަނުވިލާތުގެ މާކެޓް ފުޅާވުމުގެ އެންމެ ބޮޑު އެއް ސަބަބެވެ. ޖަރުމަނަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުތަކުގެ ލިސްޓުގެ ގަދަ 5 އެއްގައި އަބަދުވެސް ހިމެނޭ ގައުމެކެވެ. ކޮންޑޯ އަކީ މި ފަތުރުވެރިން ގެނައުމަށް އޮތް އެންމެ މުހިންމު "ލިންކް" އެވެ. މިދިޔަ އަހަރު ޖަރުމަނުވިލާތް އޮތީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުތަކުގެ ގަދަ 5 އެއްގެ ތެރޭގައެވެ. އަހަރުގެ ނިޔަލަށް މި އަދަދު 160,000 އާ ގާތްކުރާ މިންވަރަކަށް އިތުރުވެފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.