އެމެރިކާގެ ވޯލްސްޓްރީޓް ޖާނަލްސް އިން ބުނީ އިރާނުން ފޮނުވާލާފައިވަނީ ދުރު ރާސްތާގެ ދެ ބެލިސްޓިކް މިސައިލެވެ. ނަމަވެސް މި މިސައިލްތައް އެެރިކަން ސާފެއް ނުވެ އެވެ.

އިންޑިއާ ކަނޑުގައިވާ އެމެރިކާގެ އަސްކަރި ބޭސް ޑިއެގޯ ގާސިއާއަށް އީރާނުން ހަމަލާ ދީފައިވާކަމަށް އެމެރިކާގެ ބަައެއް ނޫސްތަކުން ބުނެފި އެވެ.
އިނގިރޭސިން އެމެރިކާއަށް ކުއްޔަށް ދީފައިވަނީ ޑިއެގޯ ގާސިއާއަށް ހަމަލާތަކެއް ފޮނުވާލާފައިވަނީ އީރާނަށް ހަމަލާދޭން އެ ބޭސް ބޭނުން ކުރަން ފެށުމުންނެވެ.
އެމެރިކާގެ ވޯލްސްޓްރީޓް ޖާނަލްސް އިން ބުނީ އިރާނުން ފޮނުވާލާފައިވަނީ ދުރު ރާސްތާގެ ދެ ބެލިސްޓިކް މިސައިލެވެ. ނަމަވެސް މި މިސައިލްތައް އެެރިކަން ސާފެއް ނުވެ އެވެ.
ޑިއޭގޯ ގާސިއާ އޮންނަނީ އިރާނާ ގާތްގަނޑަކަށް 4,000 ކިލޯމީޓަރު (2,500 މޭލު) ދުރުގައެވެ. މިއީ އިރާނުގެ މިސައިލް ގާބިލުކަން ކުރިން ހީކުރި ވަރަށްވުރެ މާ ބޮޑުކަން ހާމަވާ ކަމެކެވެ.
ޗާގޯސް ޖަޒީރާގައި އޮންނަ ޑިއޭގޯ ގާސިއާއަކީ އެމެރިކާގެ ބޮން އަޅާ ބޯޓުތަކާއި އަސްކަރީ އާލާތްތައް ބަހައްޓާފައިވާ، އޭޝިއާ ސަރަހައްދުގެ އޮޕަރޭޝަންތަކަށް ވަރަށް މުހިންމު މަރުކަޒެކެވެ. މިއީ މީގެ ކުރިން އަފްޣާނިސްތާނާއި އިރާގުގެ ހަނގުރާމައިގައި ވެސް ބޭނުންކުރި މަރުކަޒެކެވެ.