މިހާދިސާގައި ގެއްލުނު ދެމީހުންގެ ތެރޭގައި އިންޑިއާގެ މޮޓޯ ސްޕޯސްޓްގެ ލެޖެންޑެއް ކަމަށް ބުނާ ހަރީ ސިންގު ހިމެނޭ ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ. އެމީހުން ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުންނާއި ސިފައިން ދަނީ ކުރަމުންނެވެ.

ވ. ފެލިދޫ ކައިރިން ދަތުރުކުރަނިކޮށް ރޭ ފަތިހު ބަންޑުން ޖަހައިލި ލޯންޗުގައި އިންޑިއާގެ މަޝަހޫރު ރޭމަންޑް ގުރޫޕުގެ ޗެއާމަން ގޯތަމް ސިންގާނިއާވެސް ދަތުރުކުރި ކަމަށާއި، އޭނާއަށްވެސް އަނިޔާވި ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފި އެވެ.
ފުލުހުން ބުނެފައި ވަނީ އެ ލޯންޗުގައި ޖުމްލަ ހަތް މީހަކު ދަތުރުކުރަމުން ދިޔަ ކަމަށެވެ. އެއީ ޔޫކޭ އާއި ރަޝިއާއަށް ނިސްބަތްވާ ދެ އަންހެނަކާއި އިންޑިއާ އަށް ނިސްބަތްވާ ފަސް ފިރިހެނުންނެވެ.
މި ހާދިސާގައި ލޯންޗުން ވިއްސައިގެން ގޮސް ފަސް މީހަކު މޫދަށް ވެއްޓުނެވެ. އެއީ ރަޝިއާއަށް ނިސްބަތްވާ އަންހެން މީހާއާއި އިންޑިއާގެ ހަތަރު ފިރިހެނުންނެވެ.
މި ހާދިސާގައި ބިލިއަނަރު ގޯތަމްއަށް ވެސް އަނިޔާވި ނަމަވެސް ލިބުނީ ކުދިކުދި އަނިޔާތަކެކެވެ. އޭނާގެ ސްޕޯކްސްޕާސަންއާ ހަވާލާދީ އިންޑިއާގެ ނޫސްތަކުގައި ބުނީ، އޭނާއަށް މިހާރު އިންޑިއާގެ މުމްބާރީގެ ބްރީޗް ކޭންޑީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދާ ކަމަށެވެ. ހާލު ރަނގަޅުވަމުން އަންނަ ކަމަށްވެސް ބުނެފައިވެ އެވެ.
މިހާދިސާގައި ގެއްލުނު ދެމީހުންގެ ތެރޭގައި އިންޑިއާގެ މޮޓޯ ސްޕޯސްޓްގެ ލެޖެންޑެއް ކަމަށް ބުނާ ހަރީ ސިންގު ހިމެނޭ ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ. އެމީހުން ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުންނާއި ސިފައިން ދަނީ ކުރަމުންނެވެ.
ރޭމަންޑް ގުރޫޕްގެ ވެރިޔާ، ގޯތަމްގެ ނެޓް ވޯތަކީ ގާތްގަނޑަކަށް 1.4 ބިލިއަން ޑޮލަރެވެ. އޭނާއަކީ އަބަދުވެސް ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އަންނަ މީހެކެވެ.