އެނގިފައިވާ ގޮތުގައި އެ މީހާ ވަނީ، ފްލައިޓު މަތީގައި ކެބިން ކްރޫއިންނާ ޒުވާބުކޮށް، އެންގުންތަކަށް ނުކިޔުމަންތެރިވެ، އަޑުގަދަކޮށްފަ އެވެ.

މެލޭޝިޔާއިން ފުރައިގެން މިއަދު ރާއްޖެ އައި ބަޓިކް އެއާގެ ފްލައިޓުގައި ހަމަނުޖެހުން ހިންގި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށް ބުނެފި އެވެ.
އެނގިފައިވާ ގޮތުގައި އެ މީހާ ވަނީ، ފްލައިޓު މަތީގައި ކެބިން ކްރޫއިންނާ ޒުވާބުކޮށް، އެންގުންތަކަށް ނުކިޔުމަންތެރިވެ، އަޑުގަދަކޮށްފަ އެވެ.
އަދި އޭނާގެ ފަރާތުން އެހެން ފަސަންޖަރުންނަށް ވެސް އުނދަގޫވެ، ބިރުވެރިކަން ކުރިމަތިވެފައިވާކަމަށް ވެސް މައުލޫމާތު ލިބިފައިވެ އެވެ.
ނަމަވެސް، އެކަން ހިނގަން މެދުވެރިވި ސަބަބެއް އަދި ސާފެއް ނުވެ އެވެ.
އެ މީހާ ހައްޔަރުކޮށްފައިވަނީ، މާލެއަށް ފްލައިޓު ޖެއްސުމުންނެވެ.
ފުލުހުން ބުނީ އެ މީހާ ހައްޔަރުކޮށްފައިވަނީ މައުލޫމާތު ސާފުކުރުމަށް ކަމަށެވެ.
ނަމަވެސް، އިތުރު ތަފްސީލެއް ދީފައެއް ނުވެ އެވެ.