ބީއެމްއެލްއިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އީދު ސައި

އީދު ސައިގެ މައިގަނޑު ބޭނުމަކީ އީދުގެ މުނާސަބަތުގައި ރަށުގެ ރައްޔިތުންނާއި އާއިލާތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް އެކުވެރި މާހައުލެއްގައި އުފާފާޅުކުރުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.

ބީއެމްއެލް އިން ކުރިއަށް ގެންދިޔަ އީދު ސައި -- ބީއެމްއެލް

އީދު ނަދާމުން ފައިބައިގެން ސައި ބުއިމަކީ ދިވެހިންގެ އާދައެކެވެ. އަދި މިއީ އާއިލީ ގުޅުމާއި ރަށްވެހިކަމުގެ ގުޅުން ބަދަހިވާ ކަމެކެވެ. ބީއެމްއެލްއިން ވަނީ މި އަހަރުވެސް މި ގުޅުން ބަދަހި ކުރަން މުޅިރާއްޖޭގެ ހުރިހާ އަތޮޅެއްގައި އީދު ސައި ދިނުމުގައި ބައިވެރިވެފަ އެވެ. 

ރާއްޖޭގެ އެންމެ ބޮޑު ނެޓްވޯކް އޮތް ގައުމީ ބޭންކް އިން އީދު ސައި ބާއްވަނީ އެ ރަށްރަށުގެ ރަށު ކައުންސިލްތަކާއި ކްލަބް ޖަމިއްޔާތަކާ ގުޅިގެންނެވެ. 

އީދު ސައިގެ މަގުސަދު - މި އީދު ސައިގެ މައިގަނޑު ބޭނުމަކީ އީދުގެ މުނާސަބަތުގައި ރަށުގެ ރައްޔިތުންނާއި އާއިލާތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް އެކުވެރި މާހައުލެއްގައި އުފާފާޅުކުރުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ. 

ބީއެމްއެލްއިން މި ހަރަކާތް ފަށާފައިވަނީ 2 019ވަނަ އަހަރުން ފެށިގެންނެވެ. އެ ކުންފުނިން ރާއްޖޭގެ އެކި ރަށްރަށުގައި މިފަދަ ޢީދު ސައިގެ ހަރަކާތްތައް ސިލްސިލާކޮށް ބާއްވަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.