ޔޫރަޕުގެ ހިމާޔާތް ބޮލާލައި ޖަހައި، އީރާނުގެ އަންހެން ޓީމު ގަައުމަށް

މި ކުޅުންތެެރިންނަށް މަރުހަބާ ކިޔަން ތެހެރާންގެ ވަލިއަސްރު ސުކުއެއާ ގައި ބޭއްވި މި ރަސްމިއްޔާތުގައި އެތައް ހާސް ބަޔަކު ބައިވެރިވިއެވެ.

އީރާނުގެ އަންހެން ޓީމަށް އެ ގައުމުން މަރުހަބާ ކިޔަނީ -- އޭޕީ

އީރާނުގެ އަންހެން ޓީމުން ގައުމަށް ދާން ބޭނުން ނުވާ ކަމަށާ ހިމާޔަތް ބޭނުންވާ ކަމަށް ބުނެ އެމެރިކާގެ ރައީސް ޑޮނަލްޓް ޓްރަމްޕަ ވަނީ އެ ކުޅުންތެރިންނަށް ހިމާޔަތް ދޭން އެދުނެވެ. މިއާއެކު ޔޫރަޕުގެ ގިނަ ގައުމުތަކުން އަންހެން ޓީމުގެ ކުޅުންތެރިންނަށް ގިނަ ހުށަހެޅުންތަކެއް ހުށަހެޅި އެވެ. ފައިސާގެ ބޮޑު އަދަދުތަކެއްވެސް ހުށަހެޅި އެވެ. ނަމަވެސް މި ހުރިހާ ހުށަހެޅުންތަކެއް ދޫކޮށްލުމަށްފަހު ގައުމަށް ދިއުން ބަތަލުންނަށް ކިޔާފަދަ ހޫނު މަރުހަބާއެއް ކިޔައިފި އެވެ. 

އޭޝިއަން ކަޕްގެ ފުރަތަމަ މެޗުގައި ގައުމީ ސަލާމް ކިޔުމަށް އިންކާރުކުރުމާ ގުޅިގެން، އީރާނުގެ ހަރުކަށި ފަރާތްތަކުން އެކަނބަލުންނަކީ "ޚާއިނުން" ކަމަށް ސިފަކޮށް، ބޮޑެތި ފާޑުކިޔުން ތަކެއް އަމާޒުކުރި އެވެ. 

މިކަމުގެ ބިރުވެރިކަން އޮތުމުން، ޓީމުގެ ހަތް މެންބަރަކު އޮސްޓްރޭލިއާގެ ސިޔާސީ ހިމާޔަތަށް އެދުނެވެ. ނަމަވެސް، ފަހުން އޭގެ ތެރެއިން ފަސް މެންބަރަކު ވަނީ އެ ނިންމުން ބަދަލުކޮށް، އެނބުރި ގައުމަށް ދިއުމަށް ނިންމާފަ އެވެ. މި ކުޅުންތެރިނާއެކު ޓީމު ދިއުމުން މިވަނީ ހޫރު މަރުހަބާއެއް ކިޔާފަ އެވެ. 

މި ކުޅުންތެރިންނަށް މަރުހަބާ ކިޔަން ތެހެރާންގެ ވަލިއަސްރު ސުކުއެއާ ގައި ބޭއްވި މި ރަސްމިއްޔާތުގައި އެތައް ހާސް ބަޔަކު ބައިވެރިވިއެވެ. މި ހަފުލާ ކުރިއަށް ދިޔައިރު މަގޭ އިޚްތިޔާރު، މަގޭ ވަތަން" ގެ ނަމުގައި ބޮޑެތި ބޯޑުތައް ހަރުކޮށްފައި ހުއްޓެވެ.

އީރާންގެ ފުޓުބޯޅަ ފެޑެރޭޝަނުން ބުނެފައިވަނީ މި ކުޅުންތެރިންނަކީ ގައުމާއި، ދިދައާއި، އަދި އިންގިލާބަށް ވަފާތެރި ބައެއްކަން ސާބިތުކޮށްދީފި ކަމަށެވެ.

މި ހަފުލާފައި މިޑްފީލްޑަރު ފާތިމާ ޝައުބާން ބުނި ގޮތުގައި އީރާނަކީ އެކަނބަލުންގެ ވަތަނެވެ. އަދި މިހާ ގިނަ ބަޔަކު މަރުހަބާ ކިޔަން އަންނާނެ ކަމަށް އުންމީދު ވެސް ނުކުރާ ކަމަށް އޭނާ ބުންޏެވެ.

މި ޓީމުގެ ދެ ކުޅުންތެރިން ކަމަށްވާ ފާތިމާ ޕަސަންދީދޭ އަދި އާތިފާ ރަމަޒާނީޒާދޭ ވަނީ އެނބުރި ނުގޮސް އޮސްޓްރޭލިއާގައި މަޑުކޮށްފަ އެވެ. އެކަނބަލުން މިހާރު ދަނީ ބްރިސްބޭން ރޯރް ކްލަބާއެކު ތަމްރީނު ހަދަމުންނެވެ. 

އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ތުހުމަތުކުރާ ގޮތުގައި، އެނބުރި ގައުމަށް ދިޔަ ކުޅުންތެރިންނަށް މަޖުބޫރުކުރީ އެކަނބަލުންގެ އާއިލާތަކަށް ބިރުދައްކައިގެންނެވެ. ނަމަވެސް އީރާން ސަރުކާރުން ބުނަނީ އެއީ އޮސްޓްރޭލިއާގެ "ރޭވުމެއް" ކަމަށާއި، ކުޅުންތެރިން އެނބުރި ދިޔައީ އަމިއްލަ އިޚްތިޔާރުގަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.