އީރާނުގެ އިންގިލާބީ ލަޝްކަރުން ބުނެފައިވާ ގޮތުގައި އެމެރިކާގެ ރާޑަރަށް ނާރާ F-35 ސްޓެލްތް ޖެޓެއް ވަނީ އެ ގައުމު މަތިން ދަތުރު ކުރަނިކޮށް ހަމަލާ ދީފަ އެވެ.

އެމެރިކާގެ އަސްކަރިއްޔާގައި ގެންގުޅޭ އެންމެ ޒަމާނީ އުޅަނދު ކަމަށްވާ F-35 ސްޓެލްތް ޖެޓެއް އީރާނުން ހަމަލާ ދީ ވައްޓާލައިފި އެވެ.
އީރާނުގެ އިންގިލާބީ ލަޝްކަރުން ބުނެފައިވާ ގޮތުގައި އެމެރިކާގެ ރާޑަރަށް ނާރާ F-35 ސްޓެލްތް ޖެޓެއް ވަނީ އެ ގައުމު މަތިން ދަތުރު ކުރަނިކޮށް ހަމަލާ ދީފަ އެވެ. އެމެރިކާ ސަރުކާރުން ވެސް ވަނީ F-35 ސްޓެލްތް ޖެޓަކަށް ގެއްލުންވެފައިވާ ކަމަށް ބުނެފަ އެވެ، ނަމަވެސް ސަބަބެއް ނުބުނެ އެވެ. މި ފައިޓާ ޖެޓަރީ ރާޑަރަށް ނާރާ ހަލުވި އުޅަނދެކެވެ. މި އުޅަނދު ހުންނަނީ މަރު ގައުމެއްގަ އެވެ.
F-35 ސްޓެލްތް ޖެޓް - މި ޖެޓުގެ އެންމެ ހާއްސަ ސިފައަކީ ރޭޑާރަށް ނުފެނި ދުޝްމަނުންގެ ސަރަޙައްދުތަކަށް ވަދެވުމެވެ. މީގެ ބޭރު ފަށަލަ ފަރުމާކޮށްފައިވަނީ ރޭޑާ ފޮނުވާ ސިގްނަލްތައް ދަމައިގަންނަ ނުވަތަ އެކި ފަރާތްފަރާތަށް ބަންދުވާ ފަދަ ގޮތަކަށެވެ. މި ޖެޓުގައި ހުންނަ ކެމެރާތަކާއި ސެންސަރުތަކުން ލިބޭ މަޢުލޫމާތު އެއްކޮށްލައި، ޕައިލެޓަށް މުޅި މައިދާން 360 ޑިގްގީ އަށް ފެންނަގޮތް ހަދައެވެ. އަދި ޕައިލެޓް އަޅާ ހެލްމެޓްގެ ބިއްލޫރިގަނޑުން ހުރިހާ މައުލޫމާތެއް (ސްޕީޑް، އުސްމިން، އަދި ދުޝްމަނުން ތިބި ތަން) ފެންނަން ހުރެ އެވެ. މިީގެ ބޯޓެއްގެ އަގަކީ 100 މިލިއަން ޑޮލަރެވެ.
އެމެރިކާގެ އެންމެ ކުރިއަރާފައިވާ F-35 ޖެޓަކަށް އީރާނުގެ ހަމަލާއެއް އަމާޒުވެ، ކުއްލި ހާލަތުގައި ބޭހަކަށް ޖައްސަން ޖެހުނު ކަމަށް ރިޕޯޓްތައް ބުނެއެވެ. އޭގެ ޕައިލެޓްގެ ހާލު ރަނގަޅެވެ.
އީރާނާއެކު ހިނގަމުންދާ ހަނގުރާމައިގައި އެމެރިކާގެ އަސްކަރީ މަތިންދާބޯޓުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމުގެ ޚަބަރުތައް ފެތުރެން ފަށައިފިއެވެ. މި ހަނގުރާމަ ފެށުނު ފަހުން މިހާތަނަށް އެމެރިކާގެ މަދުވެގެން 16 އުޅަނދެއް ހަލާކުވެފައިވާ ކަމަށް އެމެރިކާގެ ނޫސްތަކުން ދަނީ ރިޕޯޓް ކުރަމުންނެވެ. އަދި އެމެރިކާ ސަރުކާރުން ވަނީ މިފަދަ ހަބަރު ފަތުރާތީ ފިޔަވަޅު އަޅާނެ ކަމަށް ބުނެފަ އެވެ.