ނިރުފެހި އަލިފާން: މުޅި އިމާރާތަށް ހުޅުގަނޑު ފެތުރިގެން ދިޔައީ ދޮޅު މިނެޓްތެރޭ

ރާއްޖޭގެ ތާރީހުގައިވެސް ހިނގި އަލިފާނުގެ އެންމެ ނުރައްކާތެރި އެއް ހާދިސާގައި 10 މީހަކު މަރުވިއެވެ. އެ ހާދިސާގެ މައުލޫމާތު ހާމަކުރުމަށް މިއަދު ހަވީރު ބޭއްވި ނޫސްވެރީންގެ ބައްދަލްވުމުގައި އިންސްޕެކްޓަރު އޮފް ޕޮލިސް މުހައްމަދު ސާމީ ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގީ ބުދަ ދުވަހުގެ ރޭ 12:26 ގައި ކަމަށް މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށާ އޭގެ ތިން މިނެޓް ފަހުން ފުލުހުން އެ ސަރަހައްދަށް ގޮސްފައިވާ ކަމަށެވެ.

މިދިޔަ ބުދަ ދުވަހުގެ ރޭ މ. ފެހިނިރު ގައި ހިނގި އަލިފާނުގެ ހާދިސާގައި: މުޅި އިމާރާތަށް ހުޅުގަނޑު ފެތުރިގެން ދިޔައީ ދޮޅު މިނެޓްތެރޭ -- މި

މިދިޔަ ބުދަ ދުވަހުގެ ރޭ މ. ފެހިނިރު ގައި ހިނގި އަލިފާނުގެ ހާދިސާގައި އަލިފާން ރޯވިތާ ދޮޅު މިނެޓްތެރޭ މުޅި އިމާރާތަށް އަލިފާންގަނޑު ފެތުރުނު ކަމަށް ފުލުހުން ބުނެފި އެވެ.

ރާއްޖޭގެ ތާރީހުގައިވެސް ހިނގި އަލިފާނުގެ އެންމެ ނުރައްކާތެރި އެއް ހާދިސާގައި 10 މީހަކު މަރުވިއެވެ. އެ ހާދިސާގެ މައުލޫމާތު ހާމަކުރުމަށް މިއަދު ހަވީރު ބޭއްވި ނޫސްވެރީންގެ ބައްދަލްވުމުގައި އިންސްޕެކްޓަރު އޮފް ޕޮލިސް މުހައްމަދު ސާމީ ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގީ ބުދަ ދުވަހުގެ ރޭ 12:26 ގައި ކަމަށް މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށާ އޭގެ ތިން މިނެޓް ފަހުން ފުލުހުން އެ ސަރަހައްދަށް ގޮސްފައިވާ ކަމަށެވެ.

ކުރީންވެސް ބެލެވިފައިވާ ގޮތަށް، އަލިފާން ފުރަތަމަ ރޯވީ ގަރާޖުގައި ކަމަށް ފުލުހުން މިއަދުވެސް ބުންޏެވެ. އަދި ބުނީ ހުޅުގަނޑު މުޅި އިމާރާތަށް ފެތުރިގެން ދިޔައީ ދޮޅު މިނެޓްގެ ތެރޭގައި ކަމަށެވެ. އަލިފާނުގެ ހާދިސާ ހިނގި ވަގުތު އެ އިމާރާތުގެ ތެރޭގައި 26 މީހަކު ތިބި ކަމަށާ އޭގެ ތެރޭގައި ގަރާޖާއި މަތީ ދެ ފްލޯގައި ތިބި މީހުން ހިމެނޭ ކަަމަށެވެ.

ސާމީ ވިދާޅުވީ އިމާރާތުގެ އެތެރެ ހުރީ ލަކުޑިން ޑެގު އަޅައިގެން ހަދާފައި ކަމަށާ ކޮޓަރިތައް ހަދާފައި ހުރީ ލަކުޑި ފިލައިން ކަަމަށެވެ. ފުރަތަމަ ބުރީގައި ހަތަރު ކޮޓަރި އަދި ދެވަނަ ބުރީގައި 8 ކޮޓަރި ހުރި ކަމަށާ އެއިން ކޮންމެ ތަނެއްވެސް ހުރީ ވަކީން ކެއްކޭ ގޮތަށް އިންތިޒާމު ހަމަޖައްސާފައި ކަމަށެވެ.

މީގެ އިތުރުން ގަރާޖުގައި މަސައްކަތް ކުރާ މީހުން ނިދަން ތިރީގައިވެސް ކޮޓަރިއެއް ހަދާފައިވާ ކަމަށާ އެ ތަނުގައި ފަސް މީހަކު ދިިރިއުޅޭ ކަމަށް އެނގިފައިވާ ކަމަށް ސާމީ ވިދާޅުވިއެވެ. ސާމީ ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގިއިރު ގަރާޖު ހުރީ ބޭރުން ތަޅުލާފައި ކަމަށާ ނަމަވެސް ގަރާޖުގެ ތެރޭގައި އޭރު ބަޔަކުު ތިބިކަން ނުވަތަ ނެތްކަން އަދި ބުނަން ނޭންގޭ ކަމަށެވެ.

ފެހިނިރުގައި ހިންގަމުން ދިޔަ ގަރާޖަކީ ގަވާއިދާ ހިލާފަށް ހިނގަމުންދިޔަ ތަނެއް ކަަމަށްވެސް ސާމީ ވިދާޅުވިއެވެ. އެ ގަރާޖު ހިންގާ މީހާގެ އަތުގައި އޮތީ ހުޅުމާލޭގައި ގަރާޖު ހިންގުމުގެ ހުއްދަ ކަމަށާ އެކަމާއި ގުޅިގެން ބަލަން ޖެހޭ ހުރިހާ ކަމެއް ތަހުގީގުގައި ބަލާނެ ކަަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.