ފުލުހުން ބުނީ އެ ލޯންޗުގައި ޖުމްލަ ހަތް މީހަކު ދަތުރުކުރަމުން ދިޔަ ކަމަށެވެ. އެއީ ޔޫކޭ އާއި ރަޝިއާއަށް ނިސްބަތްވާ ދެ އަންހެނަކާއި އިންޑިއާ އަށް ނިސްބަތްވާ ފަސް ފިރިހެނުންނެވެ.

ވ. ފެލިދޫ ކައިރިން ދަތުރުކުރި ލޯންޗެއް ބަންޑުން ޖަހާލައި، ގެއްލުނު ދެ މީހަކު ހޯދުމުގެ މަސައްކަތް ކުރަން ފަށައިފި އެވެ.
ފުލުހުން ބުނީ އެ ލޯންޗުގައި ޖުމްލަ ހަތް މީހަކު ދަތުރުކުރަމުން ދިޔަ ކަމަށެވެ. އެއީ ޔޫކޭ އާއި ރަޝިއާއަށް ނިސްބަތްވާ ދެ އަންހެނަކާއި އިންޑިއާ އަށް ނިސްބަތްވާ ފަސް ފިރިހެނުންނެވެ.
މި ހާދިސާގައި ލޯންޗުން ވިއްސައިގެން ގޮސް ފަސް މީހަކު މޫދަށް ވެއްޓުނެވެ. އެއީ ރަޝިއާއަށް ނިސްބަތްވާ އަންހެން މީހާއާއި އިންޑިއާގެ ހަތަރު ފިރިހެނުންނެވެ.
ފުލުހުން ބުނީ ގެއްލިފައި ވަނީ އޭގެތެރެއިން އިންޑިއާ ދެ ފިރިހެނުން ކަމަށެވެ. އެމީހުން ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
މި ހާދިސާގައި އަނިޔާވި ތިން މީހަކަށް ވ. އަތޮޅު ހޮސްޕިޓަލުގައި މިހާރު ދަނީ ފަރުވާ ދެމުންނެވެ.