ކެމިކަލް ގުދަނުގައި ރޯވި ސަބަބު ހޯދަން ހާއްސަ ތަހުގީގެއް ފަށައިފި

"މި ހާދިސާގެ ސަބަބުން ގުދަނަށާއި އެތަނުގައި ހުރި މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، އެ ސަރަހައްދުގައި ހުރި 13 ސައިކަލަކަށާއި، ޕިކަޕަކަށާއި ކުންފުނީގެ ވެހިކަލަކަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވޭ،" ފުލުހުން ބުންޏެވެ.

ޕްރައިމް ފާޓިލައިޒާ ކުންފުނީގެ ގުދަނެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާ --

މާފަންނުގައި ހުންނަ ކުރީގެ ޑްރަގް ކޯޓާ ޖެހިގެން ހުރި ކެމިކަލް ގުދަނެއްގައި ރޭ އަލިފާން ރޯވި ސަބަބު ދެނެގަތުމަށް ހާއްސަ ފުލުހުންގެ ތަހުގީގެއް ފަށައިފި އެވެ.

އަލިފާން ރޯވެފައި ވަނީ 'ޕްރައިމް ފާޓިލައިޒާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް'ގެ ގުދަނެއްގަ އެވެ. 

ރޭ ގާތްގަނޑަކަށް 10 ޖަހާއިރު ހިނގި މި ހާދިސާގައި އެ ގުދަން ވަނީ އެއްކޮށް އަނދާ އަޅިއަށްވެފަ އެވެ. އެތަނުގައި އެކި ބާވަތްތަކުގެ ގަސްކާނާއާއި، ޕެސްޓިސައިޑްސްގެ އިތުރުން ދަނޑުވެރިކަން ކުރާ ސާމާނާއި ޖަނަރޭޓަރެއްވެސް ހުއްޓެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެތަނުގައި ރޯވި އަލިފާން ނިއްވުމުގައި އުޅުނު ސިފައިންގެ މީހަކަށް އަނިޔާވެގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައިވާ ކަމަށެވެ. 

"މި ހާދިސާގެ ސަބަބުން ގުދަނަށާއި އެތަނުގައި ހުރި މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، އެ ސަރަހައްދުގައި ހުރި 13 ސައިކަލަކަށާއި، ޕިކަޕަކަށާއި ކުންފުނީގެ ވެހިކަލަކަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވޭ،" ފުލުހުން ބުންޏެވެ.

ރައްކާތެރި ގޮތުންނާއި އެތަނުގައި ހުރި ކެމިކަލްގެ ސަބަބުން އުފެދުމުގެ ދުމުގެ އަސަރުކޮށްފާނެތީ އެ ސަރަހައްދުގައި ދިރިއުޅޭ 77 މީހަކަށް އެންޑީއެމްއޭއިން ވަގުތީ ބޯހިޔާވަހިކަން ވަނީ ފޯރުކޮށްދީފައެވެ.

"ފުލުހުން މިހާރު ގެންދަނީ ސީން ޕްރޮސެސް ކުރުމުގެ މަސައްކަތް ކުރަމުން. އަދި މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ހާއްސަ ތަހުގީގެއް ވަނީ ފަށާފައި،" ފުލުހުން ބުންޏެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.